މާމުއި ކުޅަނދުރަކީ އެސޮރުމެންގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތުން އަހަރެމެން އިންސާނުންނަށް ވަރަށް އަގުބޮޑު ނިއުމަތެއް ލިބޭ ސުއިއްޕެއް. މާމުޔަކީ އެއިން އިންސާނުންނަށް އެތަކެއް މަންފާތަކެއް ކުރުވާ އެއްޗެއް. މިއީ އަނގަޔަށް މީރު، އެތަކެއް ބައްޔަކަށް ފަރުވާ ކުރުމަށްވެސް ބޭނުން ކުރަމުން އަންނަ އެއްޗެއް.
މާމުއިގެ ސާފުކަމާއި ޠާހިރުކަމަކީ އެ މާމުއި އިންސާނުން ކެއިންބުއިމުގައި ބޭނުންކުރެވޭ އެންމެ ބޮޑު އެއް ސަބަބު. ނަމަވެސް މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ވަރަށްބޮޑު ސިއްރެއް ވޭ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ މި ފުރިހަމަ ނިޒާމަކީ އާދަޔާހިލާފު ނިޒާމެއް.
މާމުއި ކުޅަނދުރަކީ އެސޮރުގެ ދިފާއީ ނިޒާމުގައި ވިހައެއް އެކުލެވިގެންވާ ސުއިއްޕެއް. އެސޮރުގެ ހަށިގަނޑުގައި ތޫނު ކައްޓެއް ހުރޭ. އެސޮރުގެ ހަތައަށް ނުވަތަ އެސޮރަށް ނުރައްކަލެއް ފޯރައިފި ނަމަ އެ ސޮރު އެ ނުރައްކަލަކާއި ކުރިމަތިލަނީ މަތިވެރި ގުރުބާނީއަކައިގެން. ޖަނަވާރެއް ނުވަތަ އިންސާނެއް ނަމަ ހަމަލާ ދިނުމުގައި އަވަސްވެގަނޭ. އޮގޮތުން އެސޮރުގެ ކަށި ހަރާލާ. މިގޮތަށް މާމުއި ކުޅަނދުރުގެ ކަށި ހަރައިފި ތަނަކުން އެ ކަށި ދަމައިގަތުމަކީ އެ ކުޅަނދުރަށް ކުޅަދާނަކަމަކަށް ނުވޭ. އެހެން ކަމުން މާމުއި ކުޅަނދުރު ކަށި ޖެހުމަށްފަހު އެސޮރު އުދުއްސައިގަނެފި ނަމަ އެ ކަށި އެސޮރުގެ ހަށިގަނޑުން ވަކިވޭ. މިގޮތަށް ވަކިވާއިރު، އެސޮރުގެ ގޮހޮރުގެ ބައެއްވެސް ކައްޓާއެކު ވަކިވޭ. އެހެންކަމުން އެސޮރު ދުނިޔޭގައި ހުރުމުގެ ފުރުސަތު ވަރަށް ކުޑަވޭ. އުދުއްސައިގަނެގެން ދިއުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ އެސޮރު މަރުވޭ.
މިކަމުގެ ހިކުމަތަކީ ފަހެ ކޮބައިހެއްޔެވެ؟ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ކަށި ވަނުމާއި އެކު އެ ކަށި ތަޣައްޔަރުވޭ. އެހެންކަމުން އެ ކައްޓާއެކު އެސޮރު ގޮސް ހަތައިގެ ތެރެއަށްވަދެފިނަމަ އެ ހަތައިގައި ހުރި މާމުއިތަކަށް އެ ތަޣައްޔަރުކަމުގެ އަސަރު ފޯރާނެ. ނަމަވެސް މި ނިޒާމުގެ ތެރެއިން އެ ކަށި ދޫކޮށްލާފަ ދިއުމުން އެ ނުތާހިރުކަމާއި ތަޣައްޔަރުވުން މާމުއީގައި ނުހުންނާނެ. އެހެން ކަމުން ތަރުތީބުވެފައިވާ މި ފުރިހަމަ ނިޒާމުގެ ނަތީޖާއަކީ އެ މާމުއިތަކުގެ ހާލިސްކަން އިންތިހާއަށް ފުރިހަމަވުން. ވިސްނައިފި ބަޔަކަށް މިކަންތަކުގައި ޢިބްރަތްތަކެއް ވާނެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން