އިންސާނާގެ އަނގައިގެ ތެރޭގައި އުފެދޭ ކުޅަކީ އޭގައި ފޮރުވިފައިވާ އެތަކެއް ބޭނުންތަކެއް އެކުލެވިގެންވާ އެއްޗެއް. ކުޅަކީ އަނގަޔާއި އަރުތެރޭގެ ތެތްކަން ހިފެހެއްޓުމާއި، ކާ ތަކެތި ދިރުވުމަށް ފަސޭހަ ކޮށްދޭ އެއްޗެއް. މީގެ އިތުރުންވެސް އެތަކެއް ކަމެއްގައި ކުޅު، އަހަރެމެނަށް އެހީވެދޭ. އާންމު ގޮތެއްގައި އިންސާނަކު ދުވާލެއްގެ މައްޗަށް 0.7 ލިޓަރުގެ ކުޅު އުފައްދާއިރު، ކުޅުގައި އެތައް މާއްދާއެއް އެކުލެވިގެންވޭ. ކާތަކެތި މައިދާއަށް ފޯރުމުގެ ކުރިން ހަޖަމު ކުރުމުގެ މަސައްކަތް، އަނގަތެރޭގައި ފަށައިދެނީ ކުޅުން. ކުޅުގައިވާ "އެމަލޭސް" ނަމަކަށް ކިޔާ މި އެންޒައިމަކީ ކާ ތަކެތީގައިވާ ކާބޯހައިޑްރޭޓްސް ހަޖަމު ކޮށްދޭ އެންޒައިމް. ދަތް ފަނި ކެއުމުން ދުރުކޮށްދިނުމާއި، އަނގައިގެ "ޕީ އެޗް" އޭގެ ހަމައިގައި ހިފަހައްޓައިދިނުމުގައި ކުޅުގެ ދައުރު ވަރަށްވެސް ބޮޑު. އަދި އަނގައިގެ ޒަރިއްޔާއިން ހަށިގަނޑުތެރެއަށް ދާ އެތަކެއް ޖަރާސީމެއްގެ ނުރައްކަލުން ހަށިގަނޑު ދިފާއު ކޮށްދޭ އައްޑަނައަކީވެސް ކުޅު. ކުޅުގައި އެކުލެވޭ "ހިސްޓެޓިން" ނަމަކަށް ކިޔާ ޕްރޮޓީން އެއްގެ ސަބަބުން އަނގަ ތެރެއަށް ލިބޭ އަނިޔާތަކާއި ޒަހަމުތައް ފަސޭހަވުން އަވަސް ކޮށްދޭ.