ހެޕަރިން (ލޭދިޔާކުރާ ބޭހެއް) އަކީ ސިއްހީ ދާއިރާގައި ވަރަށް ގިނައިން ބޭނުންކުރާ ބޭހެއް. މިބޭސް އުފެއްދުމުގައި ނައަމްސޫފީގެ އެތެރެހަށީގެ ގުނަވަންތަކުގެ ރައްކާތެރިކަމަށް ލައްވާފައިވާ ދުލިފަށަލައިގެ ބޭނުން ކުރޭ. އިންސާނުންގެ ހަށިގަނޑާ އެއްގޮތަށް ހިނގާ ގިނަ މަންމަލި ޖަނަވާރުންގެ ހަށިގަނޑުން ހެޕަރިންގެ މާއްދާ ފެނޭ. އެގޮތުން ގެރި ބަކަރި އަދި އަދި އޫރުފަދަ ޖަނަވާރު ހިމެނޭ. (އިސްލާމީ ދަންނަބޭކަލުން ވިދާޅުވައިގޮތުގައި އޫރު ނޫން ޖަނަވާރަކުން ހެދިފައިވާ ހެޕަރިން އެއް ހުރިނަމަ އެންމެ މޮޅުގޮތަކީ އެ އެއްޗެއް ބޭނުން ކުރުން. އެގޮތަށް ވަކި ކުރެވެން ނެތް ހާލަތްތަކުގައި ކޮންމެ ހެޕަރިން އެއްވެސް ހުއްދަވާނެ. އެހެނީ ހެޕަރިން މި ބޭނުން ކުރެވެނީ އިންސާނާއަށް ފަރުވާ ކުރުމަށް. މާތް ﷲ އެ އެއްޗެއްގެ މަސް ކެއުން ހަރާމް ކުރެއްވި ނަމަވެސް، އެ ޖަނަވާރުގެ ހަށިގަނޑުގެ މާއްދާއަކުން އުފައްދާ ބޭހެއް ބޭނުން ކުރުން ހަރާމް ނުވާނެ ކަމަށް ބައެއް ދީނީ ދަންނަބޭކަލުން ބުނޭ. މީގެ އިތުރުން ހެޕަރިންގެ ބައެއް ބޭސްތައް ހެދުމަށް އެހެން ބައެއް ޖަނަވާރުވެސް ބޭނުން ކުރޭ. އެގޮތުން ޖަމަލު، ޓާރކީ، މީދާ، ބޮޑުމަސް، އިހި، ޑިނގާ އަދި ކަކުނިވެސް ބޭނުން ކޮށްފައި އެބަހުރި.
ހެޕަރިން އަކީ ޖަނަވާރުންގެ ހަށިގަނޑުގައި ހުންނަ "މެސްޓް ސެލްސް" ނަމަކަށް ކިޔާ ސެލްތަކުން އުފައްދާ މާއްދާއެއް. ބައެއް ޖަނަވާރުތަކުގައި މި މާއްދާ އުފައްދާލެއް ގިނަ. ހެޕަރިން އަކީ ލޭ ގަނޑުވުން ފަދަ ބަލިތަކަށް ބޭނުން ކުރަމުން އަންނަ ބޭހެއް. މީގެ އިތުރުން ހިތުގެ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށްވެސް ހެޕަރިން ބޭނުން ކުރޭ. ޑަޔަލިސިސް ހަދާ މީހުންވެސް ހެޕަރިން ބޭނުން ކުރޭ.
މާތް ﷲ މި ދުނިޔޭގައި އިންސާނުންނާއި ޖަނަވާރުން ލައްވާފައިވަނީ ވަރަށްވެސް ބޮޑު ހިކުމަތެއްގައިކަން ޔަގީން. އިންސާނުންނަށް ދެއްވި ނިއުމަތެއްގެ ގޮތުގައްޔާއި އަދި ބައެއްހާލަތުގައި ތަކުލީފެއް ގޮތުގައި ޖަނަވާރުން ވަނީ ލައްވާފައި. ޖަނަވާރުންގެ ބޭނުން އިންސާނުނަށް އެތަކެއް ގޮތަކުން ކުރޭ. މިއީ މިފުރިހަމަ ނިޒާމު ތަރުތީބުވެފައިވާ މޫރިތި ގޮތް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން