ދުނިޔޭގެ ބައެއް ބޮޑެތި ޖަންގަލިތަކުގައި އުޅޭ "ވޮމްބެޓް" ނަމަކަށްކިޔާ މި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތި ހުންނަނީ ހަތަރެސް ކަނަށް. ސައިންސުވެރިން ވަނީ މިކަމުގެ ސަބަބު ހޯދާފައި. މި ޖަނަވާރުގެ ބޮޑުކަމާތަކެތި ހަތަރެސްކަނަށް ހުންނަނީ މި ޖަނަވާރުގެ ހަޖަމުގެ ނިޒާމު ތަރުތީބުވެފައި ހުންނަ ގޮތުން. ކާތަކެތި ބަނޑަށް ދިއުމަށްފަހު އޭގެ ފަހުން ގޮހޮރުގެ ތެރެއިން ލާފައި ކާތަކެތި ދަތުރުކުރާއިރު ބޮޑުކަމުދާ ތަކެތި އުފެދޭ. މިގޮތަށް ބޮޑުކަމުދާ ތަކެތި އުފެދޭއިރު ގޮހޮރުގެ ހަންތަކުގެ ސަބަބުން ހަތަރެސްކަނަށް ވާގޮތަށް ބޮޑުކަމުދާ ތަކެތި ގޮހޮރުގެ ފަހަތުގައި ޖަމާވެ. މި ޖަނަވާރުގެ ގޮހޮރުގެ ހަންތައް އެކުލެވެނީ ހަރު އަދި މަޑު ހަންތަކެއްގެ މައްޗަށް. މީގެ އިތުރުން ވޮމްބެޓްގެ ބޮޑުކަމުދާ ތަކެއްޗަކީ އެސޮރުމެން މުއާމަލާތުކުރުމަށް ބޭނުން ކުރާ ވަސީލަތެއްވެސްމެ. އެހެނީ އެސޮރު ބޮޑުކަމުދާ ތަކެތި ލާފައި ހުންނަނީ ރޮނގަކަށް ވާގޮތަށާއި އުފުލިފައި ހުންނަ ބައެއް ގާތަކު މައްޗަށް. އަދި މިޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ ވަހުގެ ސަބަބުން މީގެ އެހެން ޖަނަވާރުތަކަށް އެސޮރުމެންގެ އާއިލާ ހޯދަންވެސް ފަސޭހަވޭ. އަދި ރޮނގަކަށް ހުރުމުން ދަތުރުކޮށްފައި ހުންނަ މިސްރާބުވެސް މިސޮރުމެން ދެނެގަނޭ.