ޖިންސުތަކުގައި ކުޑަ ޖީބެއް އިންނަކަން އިނގޭތަ. މި ޖީބަކީ އެ ޖީބުގެ ކުޑަކަމުން ވަކި އެއްޗެއްނޫނީ ނުލެވޭ ވަރުގެ ޖީބެއް. މި ޖީބަށް މީހުން ވަކި ލާރިއާއި ވަކި ތަޅުތަނޑި ފަދަ އެއްޗެހި އަޅާ. ނަމަވެސް ހަގީގަތުގައި މި ޖީބު އުފެދުނީ ކިހިނެއްކަން އެނގޭތަ؟

ޖިންސު ހެދުމަށް މަޝްހޫރު "ލެވި" ކުންފުނިން އަށާރަސަތޭކައިގެ އަހަރުތަކުގައި ނެރުނު ޖިންސު ތަކުގައި މި ކުޑަ ޖީބު ހުރޭ. އެއީ އަށާރަސަތޭގައިގެ އަހަރުތަކުގައި މަޝްހޫރު ޖީބު ގަނޑި ލުމަށްޓަކައި. މި ޖީބަށް ބީޖު ގަޑި ހެޔޮވަރުވާނެ. އަދި މި ޖީބުތެރޭ ޖީބު ގަޑި އޮންނަ އިރު އެ ގަޑިއަށް އެއްވެސް ގެއްލުމެއް ނުވާނެ. ޖީބުގަޑި ލާނޭ ޖީބެއް ތައާރަފުވުމުގެ ކުރިން ބައެއް މީހުން ކަރުގައި ފަށެއްގެ ގޮތުގައި އެ ގަޑި އަޅާ އުޅޭ. އަދި އަނެއްބައި މީހުން ގަމީހު ޖީބަކަށް ލައިގެން ވެސް އުޅޭ.

ޖީބު ގަޑި ލާނެ ޖީބެއް ޖިންސުތަކުގައި އުފެދިގެން އައުމުން އެކަން ވީ އެދުވަސްވަރު ވަރަށް ތަރުހީބު ލިބުނު ކަމަކަށް. މިއަދާ ޖެހެންދެންވެސް އެ ފެޝަން އެގޮތުގައި އެބަ އޮތް. ނަމަވެސް މިއަދު އެ ޖީބުތަކަށް ލާނޭ ޖީބު ގަޑިއެއް ނުހުރޭ. މިޒަމާނުގައި މަޝްހޫރީ އަތުކުރި ގަޑި. ނަމަވެސް ގިނަ ޖިންސުތަކުގައި މި ކުޑަ ޖީބު އަދިވެސް ހުރޭ.

މި ޖީބު ގިނަފަހަރަށް ހުންނަނީ ބޮޑު ޖީބަކާއި އެކުވެގެން. ނަމަވެސް އެޒަމާނުގައި މި ޖީބު ވަކިން އެކަހެރިކޮށްވެސް ހުރޭ.