ފިލްމެއްގައި 'ވީއެފްއެކްސް' ނުވަތަ ވިޜުއަލް އިފެކްޓްސްއަކީ މިހާރު ވަރަށް މުހިއްމު އެއްޗެކެވެ. ފިލްމެއް ބަލައިލަން ރީތިވުމުގެ ބޮޑު ދައުރެއް ވިޜުއަލް އިފެކްޓްސް އަދާކުރެއެވެ. ދާދި ފަހުން އަޔޫޝްމަން ޚުރާނާގެ ކުރިއަށް އޮތް ފިލްމު ވަނީ ވީ.އެފް.އެކްސް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީޚް ލަސްކޮށްފައެވެ. މިއީ މިގޮތަށް ލަސްކުރަން ޖެހުނު ފުރަތަމަ ފިލްމެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ފިލްމެއް ވަނީ މި ސަބަބާހުރެ ލަސްކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކަށް ތިރީގައި އަލިއަޅުވައިލާނަމެވެ.

01. ޑްރީމް ގަރލް 2

Dream Girl 2 (2023) - IMDb

އަޔޫޝްމަން ޚުރާނާއާއި އަނަންޔާ ޕާންޑޭ ލީޑުން ފެނިގެންދާ ފިލްމު "ޑްރީމް ގަރލް 2"ގެ ވީ.އެފް.އެކްސް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީޚް ލަސްކޮށް އިޢުލާންކޮށްފިއެވެ. ފިލްމުގައި ޕޫޖާއާއި ކަރަމްގެ ރޯލު ކުޅޭ އަޔޫޝްމަންގެ ޕޫޖާ ކެރެކްޓަރ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފިލްމުގެ ވީ.އެފް.އެކްސް ޓީމުން އިތުރަށް ވަޤުތު ބޭނުންވާ ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނެފައިވެއެވެ. ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 07ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 އޯގަސްޓް 25ވާ ހުކުރު ދުވަހުއެވެ.

02. ބްރަމަސްތުރާ: ޕާޓް 1 - ޝިވާ

Brahmastra Part One: Shiva' Trailer has Left Audience Awestruck - The  Statesman

އަޔާން މުކޭރްޖީގެ "ބްރަމަސްތުރާ"އަކީ 2019 ވަނަ އަހަރު ރިލީޒްކުރަން މަސައްކަތް ފެށި ފިލްމެކެވެ. ނަމަވެސް ފިލްމުގެ ކޮންސެޕްޓެ ވެސް ބޮޑުވެ ވީ.އެފް.އެކްސްގެ މަސައްކަތް އިންތިހާއަށް އޮތުމުގެ ސަބަބުން 3 ތާރީޚެއް ދެވި އެންމެ ފަހުން ފިލްމު ރިލީޒްކުރެވުނީ 2022ގައެވެ. އަޔާން ބުނާ ގޮތުގައި އެހާ ބޮޑަށް ފިލްމު ލަސްވުމުގެ މައިގަނޑު 1 ސަބަބަކީ ކޯވިޑް-19ގެ ޕެންޑަމިކެވެ. ނޫން ނަމަ 2021 ނިމުމުގެ ކުރިން ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދެވުނީސް ކަމަށް އޭނާ ވަނީ ބުނެފައެވެ. 

03. 2.0 (ޓޫ ޕޮއިންޓް ޒީރޯ)

2.0 (film) - Wikipedia

މަޝްހޫރު ފިލްމު "ރޮބޮޓް"ގެ ސީކުއެލްއެއް ކަމަށްވާ "2.0"އަކީ ވެސް ވީ.އެފް.އެކްސްގެ މައްސަލައާ ހުރެ ލަސްވެގެން ދިޔަ ފިލްމެކެވެ. އެގޮތުން ފިލްމުގެ ޝޫޓިންގ ފެށުނީ 2015 ވަނަ އަހަރުއެވެ.  އަދި ހަމައެއާއެކު ރިލީޒްކުރާނެ ތާރީޚް ވެސް އިޢުލާންކުރިއެވެ. އެންމެ ފުރަތަމަ ފިލްމު ރިލީޒްކުރަން ނިންމީ 2017ވަނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. އެހެން ނަމަވެސް އެ ތާރީޚް އަންނަން 06 މަސް ދުވަހަށް ވެފައި ވަނިކޮށް ތާރީޚް ލަސްވެއްޖެކަން އިޢުލާންކޮށް ވަނީ އައު ތާރީޚަކަށް 2018 ޖަނަވަރީ ޖަހައިފައެވެ. އެއީ ވީ.އެފް.އެކްސްގެ މަސައްކަތަށް އިތުރު ވަޤުތު ބޭނުންވާތީ ކަމަށް ފިލްމުގެ އެޑިޓިންގ ޓީމުން ވަނީ ބުނެފައެވެ. އަދި މިހިސާބުން ނިމުނީކީ ނޫނެވެ. 1000 ވީ.އެފް.އެކްސް ޝޮޓް އިން މި ފިލްމު އަނެއްކާވެސް 2018 ވަނަ އަހަރުގެ އެޕްރީލް މަހަށް ލަސްވިއެވެ. އެ ތާރީޚުގައި ވެސް ފިލްމު ރިލީޒް ނުކުރެވި ގޮސް އެންމެ ފަހުން ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭ ވަރު ވީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. 

04. ލާލް ސިންގ ޗައްދާ

ކްރިސްމަސްއާއި އާމިރް ޚާންއާ ދޭތެރޭގައި ވަނީ ރަނގަޅު ކޮމްބިނޭޝަނެކެވެ. އެހެނީ ކްރިސްމަސްއާ ދިމާކޮށް ރިލީޒްކޮށްފައިވާ އާމިރް ޚާންގެ "ދޫމް 3"އާއި "ޕީކޭ" އަދި "3 އީޑިއަޓްސް" ވެގެން ދިޔައީ ކާމިޔާބު ފިލްމު ތަކަކަށެވެ. ކޮންމެއަކަށް އޭނާ އެންމެފަހުން ފެނިގެންދިޔަ ފިލްމު ކަމަށްވާ "ލާލް ސިންގ ޗައްދާ"އަކީ ވެސް 2021ވަނަ އަހަރުގެ ކްރިސްމަސްއާ ދިމާކޮށް ރިލީޒްކުރަން ތައްްޔާރުވި ފިލްމެކެވެ. ނަމަވެސް މި ފިލްމު ވެސް ވަނީ 2022ވަނަ އަހަރުގެ "ވެލެންޓައިންސް ޑޭ"އަށް ލަސްކޮށްފައެވެ. އަނެއްކާވެސް މި ތާރީޚުގައި ރިލީޒްކުރަން ތައްޔާރުވެފައި ވަނިކޮށް ވީ.އެފް.އެކްސްގެ އިތުރު މަސައްކަތްތަކެއް ކުރަން ޖެހި، އޯގަސްޓް މަހާ ހަމައަށް ލަސްވީއެވެ. އެންމެ ފަހުން ކަރީނާއާއި އާމިރް ލީޑް ރޯލުން ފެނިގެންދާ "ލާލް ސިންގ ޗައްދާ"، އޯގަސްޓް 2022ގައި ރިލީޒްކުރެވުނެވެ. 

05. ބަވާލް

https://images.news18.com/ibnlive/uploads/2022/04/varun-bawaal.jpg

ވަރުން ދަވަންއާއި ޖާންވީ ކަޕޫރް ލީޑް ރޯލުތަކުން ފެނިގެންދާ ފިލްމު "ބަވާލް"އަކީ ވެސް ވީ.އެފް.އެކްސްގެ ސަބަބުން ލަސްވެގެން ދިޔަ ފިލްމެކެވެ. ނިތިޝް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚް މިވަނީ 2023 އެޕްރީލުން 2023 އޮކްޓޫބަރަށް ލަސްކުރެވިފައެވެ. ޔޫރަޕުގައި ޝޫޓިންގ ކުރިއަށް ދިޔަ މި ފިލްމު ސްކްރީނަށް ފުރިހަމަ ގޮތަކަށް ގެނައުމަށްޓަކައި ހީކުރި ވަރަށް ވުރެ މާ ގިނަ ވަޤުތު ވީ.އެފް.އެކްސްއަށް ދަނީ ހޭދަވަމުންނެވެ. އެހެންކަމުން އެއްވެސް ކަމެއް ކުރުކޮށްލަން ބޭނުން ނުވާ ކަމަށް ބުނެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން، ފިލްމު ރިލީޒްކުރުން ލަސްކޮށްލަން ނިންމީ ކަމަށް ޑައިރެކްޓަރު ބުނެފައިވެއެވެ.