"ޖަވާން"ގެ ބޮކްސް އޮފީސް ކަލެކްޝަން "ޕަޓާން" ފަހަތަށް ޖައްސާލުމުން، އަމިއްލަ ރެކޯޑް ފަހަނައަޅައި ދިޔުމަށްފަހު، އެއް އަހަރެއްގައި 1،000 ކްރޯޑް ރުޕީސްގެ ކްލަބުގައި ދެ އެންޓްރީ ކުރި ފުރަތަމަ އިންޑިއާ އެކްޓަރަކަށް ޝާހްރުކް ޚާން ވެ، ފާހަގަކޮށްލެވޭ މައިލްސްޓޯނެއް އޭނާ ޙާޞިލްކޮށްފިއެވެ. އިންޑަސްޓްރީ ޓްރެކަރު ސަޗްނިލްކްގެ ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި "ޖަވާން" ވަނީ ދުނިޔޭގެ ފެންވަރުގައި އާދީއްތަ ދުވަހު އުއްމީދުކުރި 1،000 ކްރޯޑް ރުޕީސްގެ މާކްސް ހުރަސްކޮށްފައެވެ.

Jawan (2023) - IMDb

18 ވަނަ ދުވަހު ފިލްމަށް އިންޑިއާ ނެޓްގައި ހުރިހާ ބަހަކަށް 15 ކްރޯޑް ރުޕީސް ލިބި، ޖުމްލަ ޑޮމެސްޓިކް ކަލެކްޝަން 560.83 ކްރޯޑް ރުޕީސް އަށް އަރައިފައިވެއެވެ. "ޖަވާން"އިން އާދީއްތަ ދުވަހު ހިންދީ ބަހުން 33.64 ޕަސެންޓް ހިފެހެއްޓިއެވެ. "ޖަވާން" ޑައިރެކްޓްކުރަނީ ތަމަޅަ ސިނަމާގައި މަސައްކަތް ކުރަމުން އަންނަ އެޓްލީއެވެ. ފާހަގަކޮށްލެވޭ ކަމަކީ ފިލްމު ރިލީޒްކުރިތާ 18 ދުވަސް ފަހުން ވެސް ތަމަޅަ ސަރަޙައްދު ތަކުގައި ވަރުގަދަ ޕާފޯމަންސެއް ދައްކަމުން އަންނަ ކަމެވެ. މި ފިލްމަށް މިދިޔަ ހުކުރު ދުވަހާ ހަމައަށް ތަމަޅަ ބަހުން 46.92 ޕަސެންޓް ހޯދިއިރު، ޓެލުގޫ ބަހުން 24.86 ޕަސެންޓް ވަނީ ހޯދައިފައެވެ.

ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ، "ޑަންކީ"އެވެ. މި ފިލްމު ވެސް މިއަހަރުގެ ތެރޭގައި ރިލީޒްކުރުމަށްޓަކައި ދަނީ މަސައްކަތްކުރަމުންނެވެ.