ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ބޭނުންކުރާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ލޮނުމެދަކީ ވަރަށް އާއްމު ބާއްވަތެކެވެ. ހާއްސަކޮށް ކުޅިކޮށް ތައްޔާރުކުރާ ކާނާތަކުގެ ރަހަ ހެޔޮވަރުކޮށް މީރުކުރުމަށް ލޮނުމެދު ބޭނުން ކުރެވެއެވެ. ލޮނުމެދުގައި އާވި ކުޅި ރަހައެއް ހުރުމާއެކު މިއީ ބައެއްމީހުންނަށް މާ ކަމުދާ ރަހައެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު ލޮނުމެދަކީ ކެއުމުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ ބާވަތަކެވެ.

ލޮނުމެދުގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ކުރުވައެވެ. އެގޮތުން ފާހަގަކުރެވޭ އެއްމެ މުހިއްމު ފައިދާ ތަކަކީ ލޭގެ ޕުރެސަރު ދަށްކޮށްދިނުމަށް އެހީތެރި ވުމާއި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވުމެވެ.

ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމަކީ ދިވެހިންގެ ތެރޭގައި އާއްމު ދެ ބައްޔެވެ. ވުމާއި އެކު ކެއުމުގައި ލޮނުމެދު ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމީ މިފަދަ ބަލިތަކުން ދުރުކޮށްދޭން އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ލޭމައްޗަށްދާ މީހުން ނުވަތަ ކޮލެސްޓްރޯލް މަތި މީހުން، އެމީހުންގެ ކެއުމުގައި ލޮނުމެދު ބޭނުންކުރާ މިންވަރު އިތުރުކުރާނަމަ، ލޭގެ ޕުރެސަރު އަދި ކޮލެސްޓްރޯލް ދަށްވުމަށް އެހީތެރިވެދޭނެއެވެ.

ލޮނުމެދުން ލިބޭ އަނެއް ފައިދާ އަކީ އިންސާނާގެ ދިފާއީ ނިޒާމު ހަރުދަނާކޮށްދީ ވަރުގަދަ ކޮށްދިނުމެވެ. އެގޮތުގެ މަތިން އަރިދަފުސް ރޯގާ އާއި ހުމުން، އިންސާނާ ދުރުކޮށްދީ ރައްކާތެރިކޮށްދިނުމަށް ލޮނުމެދަކީ މޮޅު ކާނާއެކެވެ. އަދި ރޯގާ ޖެހިފައިވާ މީހާ ނުވަތަ ހުން އައިސްފައިވާ މީހާ، ލޮނުމެދު ބޭނުންކުރާ މިންވަރު އިތުރުކޮށްފިނަމަ، ދިފާއީ ނިޒާމު ހަރުދަނާވެ، ހުމާ ރޯގާ ފަސޭހަވާލެއް އަވަސް ވުމުގެ ފުރުސަތު ބޮޑުވެއެވެ.

އާއްމުކޮށް ލުނުމެދު އަހަރެމެން ކޭ ކަމުގައި ވީނަމަވެސް، ހާއްސަކޮށްވެސް ލޮނުމެދަކީ ކާން ޖެހޭ އެއްޗެކެވެ. އާއްމުކޮށް ކާ ކެއުމަށްވުރެ ބައެއްފަހަރު ލޮނުމެދު ބޭނުން ކުރަންޖެހޭ މިންވަރު އިތުރުކޮށްލަން އެބަ ޖެހެއެވެ.