ކޮލަޖަން އެންމެ ގިނައިން ހުންނަނީ ކޮން ކާނާ ތަކެއްތޯ ސުވާލު އުފެދިދާނެ އެވެ. ހުތް މޭވާއަކީ ކޮލަޖަން ލިބޭ ބައެއް މަސްދަރުތަކުގެ ތެރެއިން އެއް މަސްދަރެވެ. ހުތް މޭވާގައި ކޮލަޖަން އުފެއްދުމަށް ބޭނުންވާ ވިޓަމިން ސީ ގިނައެވެ. އޮރެންޖުގައި އެންމެ ގިނައިން ވިޓަމިން ސީ އެކުލެވުނު ނަމަވެސް ލުނބޯ، ލައިމް، ގްރޭޕްފްރޫޓް، އަދި އެހެނިހެން ހުތް ފްރޫޓްތަކުގައި ވެސް ކޮލަޖަން އުފެއްދުމަށް މަގުފަހިވާ ނިއުޓްރިއެންޓްސް އެކުލެވިގެންވެ އެވެ.

ރަތް ކުލައިގެ މިރުހުގައި ވެސް ކޮލަޖަން އުފެއްދުމަށް މަގުފަހިވާ މާއްދާތައް ހިމެނެ އެވެ. އަދި ޔޫވީ ގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ ލައިކޯޕީން ވެސް އެކުލެވިގެންވާއިރު، ކޮލަޖަން އުފެއްދުމަށް މަގުފަހިކޮށްދެއެވެ.

ކޮލަޖަން ތަފާތު ކާނާތަކުގެ އެހީގައި ބޭނުން ކުރެވިދާނެ އެވެ. ގެރިމަހާއި ކުކުޅުމަސް ފަދަ ކޮލަޖަން ގިނަ ކާނާ ބޭނުން ކުރެވިދާނެ އެވެ.މަހާއި ކުކުޅުގެ ކައްޓާއިއެއްކޮށް ކެއްކުމުން ވެސް ކަށީގައި އެކުލެވިފައި ހުންނަ ކޮލަޖަން ލިބޭއިރު، މިއީ ސޫޕްތަކާއި އެހެނިހެން ކެއުންތަކަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ.

އަނެއްކޮޅުން މަހަކީ ލޮލާއި ހަންގަނޑާއި ބޮލުގައި ކޮލަޖަން ގިނައިން ހުންނަ އެއްޗަކަށް ވާތީ ކޮލަޖަން ކެއުން އިތުރުކުރަން ބޭނުންނަމަ މަސް ބޭނުންކުރެވޭނެއެވެ. މެރިން ކޮލަޖަންގެ ނަމުން ވެސް ނަންދެވިފައިވާ މަހުގެ ކޮލަޖަން އަކީ ޕްރޮޓީން ގިނަ މަސްދަރެކެވެ. އަދި މިއީ އެންމެ މޮލިކިއުލަރ ވެއިޓް އެންމެ ދަށް އެއް ކޮލަޖަން ކަމުން ސިއްހަތަށް ފައިދާހުރި ކޮލަޖަންއެކެވެ.

ބިހަކީ ހުރިހާ ކާނާއެއްގެ ތެރެއިން އެންމެ ގިނައިން ކޮލަޖަން ހުންނަ ބާވަތެވެ. އެއީ ކޮލަޖަން އުފެދުމަށް ބޭނުންވާ އެމިނޯ އެސިޑް އެކުލެވޭ އަދި ސިއްހަތަށް ފައިދާހުރި ސަރުބީގެ ރަނގަޅު މަސްދަރެކެވެ. ބިހުގައި ވެސް ކޮލަޖަން އިން އުފައްދާ ޕްރޮޓީންގެ ވައްތަރެއް ކަމަށްވާ ޖެލެޓިން ވެސް ހިމެނެ އެވެ. ޖެލެޓިން ބޭނުންކޮށްގެން ސްޓޫ އާއި ސޫޕް ފަދަ ކާނާ ތައްޔާރު ކުރެވޭއިރު، ސަޕްލިމެންޓެއްގެ ގޮތުގައި ވެސް ބޭޏުންކުރެވެއެވެ. އަދި ބިހުގައި ކޮލަޖަން ޕެޕްޓައިޑްސް ވެސް ހުންނައިރު، މިއީ ފަރމަންޓެޑް ނުވަތަ ހައިޑްރޮލައިޒްޑް ބިހުގެ ފަށަލައިން އުފައްދާ އެއްޗެކެވެ. މި ޕެޕްޓައިޑްތަކުގެ ސަބަބުން ހަންގަނޑާއި ހުޅުތަކާއި އިސްތަށިގަނޑަށް ފައިދާ ކުރާނެ އެވެ.

ކަށީގެ ބްރޯތް، މަސް، އަދި ވިޓަމިން ސީ، އެންޓިއޮކްސިޑެންޓް، އަދި ޕްރޮޓީން ގިނަ ކާނާތަކުގައި ވެސް ކޮލަޖަން ޕެޕްޓައިޑްސް ހުރެއެވެ. ބަރބޯ އޮށުގައި ކޮލަޖަން ގިނައިން ހުންނައިރު އެންޓިއޮކްސިޑެންޓްސްގެ ރަނގަޅު މަސްދަރެކެވެ. މި ނިއުޓްރިއެންޓަކީ ދިފާއީ ނިޒާމަށް ވެސް ފައިދާހުރި އަދި ވަކި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ބަރަބޯ އޮށަކީ ކޮންމެ ދުވަހަކުވެސް ކާލަން ރަނގަޅު ބާވަތެކެވެ.އެއީ ފައިބަރާއި އެންޓިއޮކްސިޑެންޓްސް ގިނައިން ހުންނަ އެއްޗެހި ކަމުން ބަރުދަން އިތުރުވުމުގެ ނުރައްކާ ވެސް ކުޑަކޮށްދެއެވެ.

 ކުކުޅު ފައިގައި ކޮލަޖަން ގިނައިން ހުރެއެވެ. މީގެ އިތުރުން ކޮލިން، ކެލްސިއަމް، އަދި ފޮސްފަރަސް ވެސް ވަރަށް ގިނައިން ހިމެނެއެވެ. އަދި އޭ، ބީ12، އަދި އީ ވިޓަމިން ވެސް ހިމެނެއެވެ. ކުކުޅު ފައިގައި ވެސް ކޮލަޖަން ސިންތެސިސް އަށް ކޮންމެހެން ބޭނުންވާ ގްލައިސިން އާއި ޕްރޮލައިން ގިނަ އެވެ. ކުކުޅު ފައިގައި ހިމެނޭ ކޮލަޖަން އަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. އަދި އެތަކެތީގެ ތެރޭގައި ހަޔަލޫރޯނިކް އެސިޑް ހުރުމުން ހަންގަނޑު ޒުވާންކޮށް ދިނުމުގެ އިތުރުން ހަމުގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ. މީގެ އިތުރުން ކުކުޅު ފައިގައި ކޮންޑްރޮއިޓިން ސަލްފޭޓް ގިނައިން ހުންނައިރު، މިއީ ހުޅުތަކުގައި ރިއްސުމާއި އޮސްޓިއޯއާތުރައިޓިސް އަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކުކުޅު ފައި ބޭނުންކުރަންވާނީ މެދުމިނުގައި ކަމެވެ.