އަލުވި ގަރުދިޔަ

ބޭނުންވާ ތަކެތި:

ކުޑަ ގަރުދިޔަ މަސްކޮޅެއް

ގަރުދިޔަ (ލޮނު ނުލާ ކައްކާފައި)

1/2 އަލުވި ފެނު ކައްކާފައި

އަލުވި ކުޑަ ގަރުދިޔަ ފޮދެއްގައި މަސްކޮޅާއެކު ޗިސްކޮށްލާފައި ދެއްވިދާނެއެވެ.

 

ރެހިބަތް

ބޭނުންވާ ތަކެތި:

5 މޭޒުމަތީ ސަމުސާ މުގުރި ހަނޑޫ

1 ޖޯޑު ފެން

2 ސައި ސަމުސާ މުގުރި ރެހި

2 ސައި ސަމުސާ ކަންކުން ފަތް

ފެންފޮދާއި މުގުރި ހަނޑޫކޮޅު އުނދުން މައްޗަށް އުދާލާށެވެ. ހަނޑޫކޮޅު ރަނގަޅަށް މަޑުވުމުން މުގުރި ރެހިކޮޅާއި ފަތްކޮޅު އެޅުމަށްފަހު އުނދުންމަތިން ބާލާށެވެ.

 

މުގު ބަކުން

ބޭނުންވާ ތަކެތި:

15 ގްރާމް ހަނޑޫ

40 ގްރާމް މުގު (ރީނދޫ އަދި ރަތް މުގު)

ތަރުކާރީ ތެޔޮ ފޮދެއް

2 ތޮޅި

3-2 ގްރާމް މުރަނގަ ފަތް

ހަނޑުލާއި މުގު، ތޮޅި ކޮޅު ސާފުކޮށް ދޮވެލުމަށްފަހު ރަނގަޅަށް މަޑުކޮށްލާށެވެ. މަޑުވުމުގެ ކުރިން ތެޔޮ ފޮދެއް އަޅާލާށެވެ. މުގުކޮޅު ރަނގަޅަށް މަޑުވުމުން، ލޮނު ނުލާހުރި ކުޑަ ގަރުދިޔަ ފޮދެއް އަޅާ ޗަސްކޮށްލާނީ އެވެ. އެއަށްފަހު މުރަނގަފަތް ކޮޅު ކޮށާލާފައި ބަތްކޮޅާއި އެއްކޮށްލުމަށްފަހު ކުޑަދަރިފުޅަށް ދޭނީ އެވެ.

 

މުރަނގަތޮޅި ބަކުން

ބޭނުންވާ ތަކެތި:

1 މުރަނގަ ތޮޅި (މަޑުކޮށްފައި)

1/4 ފިޔާ

2 އިންޗި މަސްކޮޅެއް (ކަނޑުމަސް، ފަރުމަސް، ކުކުޅުމަސް)

1/4 ޖޯޑު ހަނޑޫ

ކުޑަ ތެޔޮ ފޮދެއް

ހަނޑޫ ކޮޅު ދޮވެލުމަށްފަހު ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފެނުގައި ކައްކަން އުދާށެވެ. މުރަނގަ ތޮޅިކޮޅު ކަހާލާފައި ބަތްކޮޅުގެ ތެރެއަށް އަޅާފައި ދެންހުރި ހުރިހާ ބާވަތެއް އެއްކޮށްލުމަށްފަހު ބަތްކޮޅު ހިނދުނީމާ ބާލާށެވެ.

 

ކާންދޭ ގަޑިއަކީ ދަރިފުޅަށް އުފާވެރި ވަގުތުކޮޅަކަށް ހަދާށެވެ. ފައިދާ ހުރި ރަނގަޅު ކާނާ ދިނުމުގެ އިތުރުން ދަރިފުޅު ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށްޓަކައި ކުޅުމާއި ކަސްރަތުގެ އިތުރުން ލޯބިން ދަރިފުޅާ ވާހަކަ ދައްކާ އެކުގައި ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިއީ، "ދަރިފުޅުގެ އުމުރުން 6 މަސް ފުރުމުން އިތުރުކާނާ ތަޢާރަފުކުރުން." މި ފޮތުގައި ހިމެނޭ ތުއްތު ދަރިފުޅަށް ދިނުމަށް ތައްޔާރު ކުރެވިދާނެ ބައެއް ކާނާ! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.