އިނގުރަކީ އަޅުގަނޑު މެން ކޮންމެ މީހެއްގެ ގޭގެ ބަދިގޭގައިވެސް ހަމަ ޔަގީނުން ހުންނާނެ އެއްޗެކެވެ. ގިނައިން ކައްކަން ބޭނުން ކުރި ކަމުގައި ވިޔަސްވެސް އިނގުރު ބޭނުން ކުރެވޭ އެތައްގޮތެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮއްލެވޭ އެއް ގޮތަކީ އިނގުރުގައި ސައި ހަދައިގެން ބުއިމެވެ. 

އިނގުރު ސަޔަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ބުއިމެކެވެ. އިނގުރު ސައިގާ ހިމެނޭ ވިޓަމިންސް އަދި މިނަރަލްސް ހަށިގަނޑުގެ ރެޑް ބްލަޑް ސެލްސް އުފެއްދުމަށް އެހީ ވެދެއެވެ. އަދި ކާއެއްޗެހި ހަޖަމު ކުރުމުގެ ނިޒާމް ރަނގަޅު ކޮށްދީ ކާއެއްޗެހި ފަސޭހައިން ހަޖަމު ކުރުމަށް އެހީ ވެދެއެވެ. މީގެ އިތުރުން މޭނުބައި ކޮށް ހޮޑުލެވުމާ، މައްސަރު ދުވަސްވަރު ބަނޑުގައިރިއްސުންވެސް އިނގުރު ސައިން ލުއި ކޮށްދެއެވެ. 

އިނގުރު ސައި ހަދަން ބޭނުންވާ ތަކެތި:

އިނގުރު

ފެން

މާމުއި

 


އިނގުރު ސައި ހަދާނެ ގޮތް:

ފުރަތަމަ އިނގުރު ކުދިކޮށް ކޮށާލާނީ، ނުވަތަ ގާނާލާނީ، އެއަށް ފަހު ފެން ކައްކަން އުދާލާނީ އަދި ކެކެން ފެށުމުން ކޮށި ނުވަތަ ގާނާލި އިނގުރު ކޮޅު އަޅާލާނީއެވެ. އެއަށް ފަހުގައި މަޑު ގިނީގައި10-15 މިނެޓު ވަންދެން ކައްކާލާނީއެވެ. އަނގައިގައި އިނގުރު ޖެހުނީމައި ކަމު ނުދާނަމަ އިނގުރު ކޮޅު ފުރާނާ ލައިފާ މާމުއި ކޮޅެއް އަޅާލާނީއެވެ. ބޭނުން ނަމަ ކުޑަ ލުނބޯ ކޮޅެއް ފިތާލުމުންއިތުރަށް ރަހަ މީރު ވެގެން ދާނެއެވެ.

އިނގުރު ސައި ހަދާ އިރު އެއްޗެހި މިނާކިށް ވަކި ވަރެއް ނޯވެއެވެ. އެބޭފުޅަކަށް ރަހަ ކަމުދާ ވަރަކަށް އަޅަންވީއެވެ. އަދި މިޔަށް ވުރެވެސް ފަސޭހަ ކޮށްލަން ބޭނުން ވެލައްވައި ނަމަ މިހާރު ގިނަފިހާރަ ތަކުން އިނގުރު ސައިފަތް ޕެކެޓުވެސް ލިބެން ހުރެއެވެ.