މިޒަމާނުގައި ގިނަ ޒުވާނުންނަކީ ވޭޕް ބޭނުން ކުރަމުން އަންނަ ބައެކެވެ. ގިނަ ޒުވާނުން ވޭޕް ބޭނުން ކުރަނީ އެއީ ޓްރެންޑީ ކަމަށްވާތީއެވެ. އެހެނަސް ގިނަ ކުދިންނައް ނޭނގޭ ކަމަކީ ވޭޕް އަކީ ސިނގިރޭޓާއި އެއްވަރަށް ނުރައްކާތެރިކަމެއްކަމެވެ. ވޭޕްއިން ލިބޭ ސިއްހީ ގެއްލުން އިންތިހާއަށް ގިނައެވެ.
ވޭޕްކުރުމުން ލިބޭ ގެއްލުން ތަކުގެ ތެރެއިން މީހާގެ ލޭގެ ހިނގުން އަވަސް ކުރުވާ ހިތުގެތެޅުން ވެސް އަވަސް ކުރުވައެވެ. މީގެ އިތުރުން މީހާގެ ފުއްޕާމޭގައި ފެން ހެދި ނޭވާލާން ވެސް އުނދަގޫވެގެން ދެއެވެ. ވޭޕްކުރުމަކީ ހިތުގެ މައްސަލަތައް ދިމާވާން މެދުވެރިކޮށްދޭ މާއްދާ ތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން ވޭޕް ކުރުމުން މީހާގެ ސިކުނޑިއަށް ގެލުންވުން އެކަށީގެންވެއެވެ. މިހެން ވާން މެދުވެރިވާ ސަބަބަކީ ވޭޕް ކުރުމުން މީހާގެ ލޭ ދައުރުކުރާ ނާރުތައް ހިމަކޮށްލާތީއެވެ. ވޭޕުކުރުމުން މީހާގެ ދިފާއީ ނިޒާމް ވެސް ބަލިކަށި ކޮށްލައެވެ. އަދި މީގެ އިތުރުން މީހާއަށް ލޭ، ފުއްޕާމޭ އަދި އަނގައިގެ ކެންސަރު ޖެހެން ވެސް މަގުފަހިވެގެންދެއެވެ. ވޭޕް ކުރުމުގެ ސަބަބުން މީހާއަށް ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދިޔުމުގެ އިތުރުން ފިޓް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. ވޭޕްކުރުމުގެ ސަބަބުން މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށްވެސް ގެއްލުން ލިބެއެވެ. އަދި މީހާ އަވަހަށް ލޮޑުވެ ބޮލުގައި ރިއްސުންވެސް އެއީ ހަމަ މިކަމުން ލިބޭ ބޮޑެތި ގެއްލުންތަކެވެ. މީގެ އިތުރުން ވޭޕްގައި ބޭނުން ކުރާ ލިކުއިޑްގައި އިންތިހާއަށް ހަށިގަނޑަށް ގެއްލުން ދެނެވި މާއްދާތައް އެކުލެވިގެންވެއެވެ. އެގޮތުން ނިކޮޓިން އަދި ކާރްބޯނީލް ކޮމްޕައުޑްސްގެ އިތުރުން ނުރައްކާތެރި އޮރްގޭނިކް ކޮމްޕައުޑުސް ވެސް ހިމެނެއެވެ.
އެހެންކަމުން ޒުވާނުން ގެ ނަޒަރުގައި ވޭޕް ކުރުމަކީ ކިތަންމެ ޓްރެންޑީ އަދި "ސަޅި ކަމެއް" ކަމުގައިވިޔަސް އެއީ އަސްލު ތިމާއަށާއި ތިމާވަށައިގެންވާ މީހުންނަށް އިންތިހާ ގެއްލުން ދެނެވި ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން