ކޮލެސްޓްރޯލް ލެވެލް މަތިވުމަކީ މިހާރަކަށް އައިސް ގިނަބަޔަކަށް ކުރިމަތިވަމުން އަންނަ ވަރަށްވެސް ބޮޑު މައްސަލައެކެވެ. މިކަން ހައްލުކުރަން އެކި މީހުން އެކި ގޮތް ގޮތަށް މަސައްކަތް ކުރަމުންދާ އިރު ހަވާރޑްސް ޔުނިވާސިޓީގެ ސިއްހީ ޑިޕާޓްމެންޓުން ލިޔެފައިވާ އާޓިކަލް އެއްގައި މިވަނީ ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް ބޭނުން ކުރަންވީ ކާނާތައް ހާމަކޮށްފައެވެ.
އެ އާޓިކަލްގައިވާ ގޮތުން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކާއެއްޗެހި ކޮލެސްޓްރޯލް ލެވެލް އެއްމިނެއް ހިފެހެއްޓުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭކަމަށެވެ. އޭގައި އިތުރަށް ވާގޮތުން އާޓާރީ ކްލޮގިން އެތެރޮސްކްލޮރޯސިސް އަށް މެދުވެރިވާ ގެއްލުން ހުރި ކޮލެސްޓްރޯލް ހުންނަ ޕާޓިކަލް އެލްޑީއެލް ދަށްކުރާ ކާނާ ޑައިޓްގައި އިތުރުކުރުމަކީ ކޮލެސްޓްރޯލް މަދު ޑައިޓެއް ހޯދުމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މި އާޓިކަލްގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން ތަފާތު ކާނާގެ ސަބަބުން އެކި ގޮތްގޮތުން ކޮލެސްޓްރޯލް ދަށްވާކަމަށާއި ބައެއް ކާނާއިން ސޮލިއުބަލް ފައިބަރު ފޯރުކޮށްދޭއިރު، މިއީ ހަޖަމުކުރާ ނިޒާމުގައި ހުންނަ ކޮލެސްޓްރޯލް އާއި އޭގެ ކުރިން ހުރި ތަކެތި ގުޅުވައި، ލޭދައުރުވުމުގެ ކުރިން ހަށިގަނޑުން ބޭރަށް ދަމާލާ އެއްޗެއްކަމަށް ބުނެފައިވެއެވެ. ބައެއް މީހުން ޕޮލިއަންސެޗުރޭޓެޑް ފެޓްސް ހިމެނޭ ކާތަކެތި ކެއުމަށް ބޭނުންކުރާއިރު، މިއީ ސީދާ އެލްޑީއެލް ދަށްކޮށްދޭ އެއްޗެއްކަމަށާއި އަދި ބައެއް ބާވަތްތަކުގައި ޕްލާންޓް ސްޓިރޯލްސް އާއި ސްޓެނޯލްސް އެކުލެވިގެންވާއިރު، މިއީ ހަށިގަނޑަށް ކޮލެސްޓްރޯލް ޖަހައިގަތުން ހުއްޓުވާ މާއްދާތައެއްކަމަށް ފާހަގަކޮށްފައިވެއެވެ. މި އާޓިކަލްގައި އެ މީހުން ވަނީ ކޮލެސްޓްރޯލް ދަށް ކޮށްދޭ 11 ކާނާއެއް ފާހަގަ ކޮށްފައެވެ.
1- އޯޓްސް:- ކޮލެސްޓްރޯލް ދަށްކުރުމަށް ފަސޭހަ ފުރަތަމަ ފިޔަވަޅަކީ ނާސްތާއަށް އޯޓްމީލް ނުވަތަ ޗީރިއޯސް ފަދަ ފިނި އޯޓް އަށް ބިނާކޮށްފައިވާ ސީރިއަލް ކެއުމުންނެވެ. އެއީ 1-2 ގްރާމް އާއި ދެމެދުގެ އަދަދަކަށް ސޮލިއުބަލް ފައިބަރ ލިބިދޭ އެއްޗެކެވެ. އިތުރު ބައި ގްރާމް އަށް ދޮންކެޔޮ ނުވަތަ ސްޓްރޯބެރީ އަޅާށެވެ. މިހާރުގެ ނިއުޓްރިޝަން ގައިޑްލައިންތަކުގައި ދުވާލަކު 20-35 ގްރާމްގެ ފައިބަރު ހޯދުމަށް ލަފާދީފައިވާއިރު، މަދުވެގެން 5-10 ގްރާމްގެ ފައިބަރު ލިބެނީ ސޮލިއުބަލް ފައިބަރުންނެވެ.
2- ބާލީ އާއި އެހެނިހެން ހޯލް ގްރެއިން ބާވަތްތައް:- އޯޓްސް އާއި އޯޓް ބްރާން ފަދައިން ބާލީ އާއި އެހެނިހެން ހޯލް ގްރޭންސް އިން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނީ މައިގަނޑު ގޮތެއްގައި އެއިން ފޯރުކޮށްދޭ ސޮލިއުބަލް ފައިބަރު މެދުވެރިކޮށެވެ.
3- ބީންސް:- ޚާއްޞަކޮށް ބީންސްގައި ސޮލިއުބަލް ފައިބަރު ގިނައިން ހުރެއެވެ. އަދި ހަށިގަނޑަށް ހަޖަމުވާން ވަގުތުކޮޅެއް ނަގާ ކަމުގެ މާނައަކީ ކެއުމަށްފަހު ގިނައިރު ފުރިހަމަ ކަމުގެ އިހުސާސް ކުރެވޭތީ އެވެ. އެއީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންނަށް ބީންސް ބޭނުންތެރި ކާނާއަކަށް ވާން ޖެހޭ އެއް ސަބަބެވެ. އެތައް ޗޮއިސްތަކަކާއެކު — ނޭވީ އަދި ކިޑްނީ ބީންސް އިން ފެށިގެން ލެންޓިލްސް، ގާބަންޒޯސް، ބްލެކް އައިޑް ޕީސް، އަދި އެއަށްވުރެ މާ ގިނަ ގޮތްތަކެއް — އަދި އެތަކެތި ތައްޔާރުކުރުމުގެ އެތައް ގޮތެއް ހުރުމުން، ބީންސް ވެގެން ގޮސްފައިވަނީ ވަރަށް ގިނަ ގޮތްގޮތުން ބޭނުންކުރެވޭ ކާނާއަކަށެވެ.
4-އެގްޕްލާންޓާއި އޮކްރާ:-ކެލޮރީ މަދު މި ދެ ތަރުކާރީއަކީ ސޮލިއުބަލް ފައިބަރުގެ ރަނގަޅު މަސްދަރުތަކެކެވެ.
5-ނަޓްސް:- ބުޝެލްއެއްގެ ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރު، ވޯލްނަޓް، ޕީނަޓް، އަދި އެހެނިހެން ނަޓްސް ކެއުމަކީ ހިތަށް ކުރިމަތިވާ މައްސަލަތަކަށް ރަނގަޅު ކަމެކެވެ. ދުވާލަކު 2 އައުންސް ނަޓްސް ކެއުމުން އެލްޑީއެލް އެންމެ ކުޑަވެގެން 5% ދަށްވެދާނެ ކަމަށާއި ނަޓްސްގައި އިތުރު ނިއުޓްރިއެންޓްސް ތަކެއް ހުރުމުން އެހެން ގޮތްގޮތުން ހިތަށް ރައްކާތެރިކަން ލިބޭކަމަށް ވަނީ ފާހަގަ ވެފައެވެ.
6- ތަރުކާރީ ތެޔޮ:- ކައްކާއިރު ބަޓަރު، ލާޑް ފަދަ އެއްޗެހީގެ ބަދަލުގައި ކެނޯލާ، ސަންފްލާވާ، އަދި އެހެނިހެން ތަރުކާރީ ތެޔޮ ބޭނުންކުރުމަކީ އެލްޑީއެލް ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
7- އާފަލު، މޭބިސްކަދުރު، ސްޓްރޯބެރީއަދި ސައިޓްރަސް މޭވާ:- މި މޭވާތަކުގައި ގިނައިން ހުންނަނީ އެލްޑީއެލް ދަށްކޮށްދޭ ސޮލިއުބަލް ފައިބަރުގެ ވައްތަރެއް ކަމަށްވާ ޕެކްޓިން އެވެ.
8- ސްޓެރޯލް އާއި ސްޓެނޯލްސް ހިމެނޭ ކާނާ:- ގަސްގަހާގެހިން ނަގާ ސްޓެރޯލްސް އާއި ސްޓެނޯލްސް އިން ކާނާއިން ކޮލެސްޓްރޯލް މަދު ކުރުމުގެ ޤާބިލުކަން ހަށިގަނޑުގައި އިތުރުކޮށްދެއެވެ. ކުންފުނިތަކުން ދަނީ މާޖަރީން އާއި ގްރެނޯލާ ބާ އިން ފެށިގެން އޮރެންޖް ޖޫހާއި ޗޮކްލެޓް ފަދަ ކާނާތަކަށް މި މާއްދާ އިތުރު ކުރަމުންނެވެ. އަދި ސަޕްލިމެންޓްގެ ގޮތުގައި ވެސް ލިބެން ހުރެ އެވެ. ދުވާލަކު 2 ގްރާމް ޕްލާންޓް ސްޓިރޯލް ނުވަތަ ސްޓެނޯލްސް ލިބުމަކީ އެލްޑީއެލް ކޮލެސްޓްރޯލް ގާތްގަނޑަކަށް %10 ދަށްކޮށްދޭ ކަމެކެވެ.
9- ސޯޔާ:- ސޯޔާ ބީންސްއާއި އެއިން އުފައްދާ ކާނާ ކަމަށްވާ ޓޯފޫ އާއި ސޯޔާ ކިރު ފަދަ ތަކެތި ކެއުމަކީ ކުރިން ފާހަގަ ކުރެވުނު ގޮތުގައި ކޮލެސްޓްރޯލް ދަށްކުރުމަށް ވަރުގަދަ ގޮތެކެވެ. ތަޙުލީލުތަކުން ދައްކާ ގޮތުގައި މި އަސަރު މާ ކުޑަ — ދުވާލަކު 25 ގްރާމް ސޯޔާ ޕްރޮޓީން (10 އައުންސް ޓޯފޫ ނުވަތަ 2 1/2 ތަށި ސޯޔާ ކިރު) ބޭނުންކުރުމުން އެލްޑީއެލް %5 އާއި %6 ދަށްވެއެވެ.
10- މަސް:- ހަފްތާއަކު ދެތިން ފަހަރު މަސް ކެއުމުން ދެ ގޮތަކުން އެލްޑީއެލް ދަށްވެދާނެ އެވެ: އެލްޑީއެލް ބޫސްޓިން ސެޗުރޭޓެޑް ފެޓްސް ހިމެނޭ މަހުގެ ބޭނުންކުރުން މަދު ކުރުމާއި އެލްޑީއެލް ދަށްކުރާ އޮމެގާ-3 ފެޓްސް ފޯރުކޮށްދޭ މަސް އިތުރަށް ބޭނުން ކުރުމެވެ. އޮމެގާ-3 އަކީ ލޭގައި ހުންނަ ޓްރައިގްލިސެރައިޑްސް މަދުކޮށްދީ، ހިތުގެ އާދަޔާ ހިލާފު ރިތްމްތައް ފެށުން ހުއްޓުވުމަށް އެހީތެރިވެދީ ހިތް ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
11. ފައިބަރ ސަޕްލިމެންޓްސް:- ސަޕްލިމެންޓްތަކުން ސޮލިއުބަލް ފައިބަރު ހޯދުމަށް އެންމެ ކުޑަ ޝައުގުވެރިކަމެއް ލިބިގެންދާ އެއްގޮތެވެ. މެޓަމިއުސިލް އާއި އެހެނިހެން ބަލްކް ފޯރމިންގ ލެކްސޭޓިވްސް ހިމެނޭ ސައިލިއަމް ދުވާލަކު ދެ ސައިސަމުސާ ކެއުމުން ގާތްގަނޑަކަށް 4 ގްރާމް ސޮލިއުބަލް ފައިބަރ ލިބެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން