ޑައިޓެއްގައި އުޅޭ ނަމަ މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލާށެވެ. ޕިއްޒާ އާއި ބާގާ އާއި ޕޮޓޭޓޯ ޗިޕްސް ކަހަލަ ޖަންކް ފުޑްގެ ބާވަތްތައް މާ ބޮޑަށް ކެވޭ ނަމަ ބަރުދަން ލުޔެއް ނުވާނެއެވެ. އެހެންކަމުން، އެތަކެތި ކިތައްމެ ކާ ހިތްވިޔަސް ޖެހޭނީ އެއާ ދުރުވެލާށެވެ. އެހެނަސް މިއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ޖަންކު ފުޑުގެ ބާވަތްތަކާ ދުރުވުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ، ބަނޑުހައިކަން ކުޑަ ކުރުމެވެ. އެގޮތުން ޑައިޓީޝަނުންގެ ލަފަޔަކީ، ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކެއުމެވެ. އޭރުން ޖަންކް ފުޑަށް އޮންނަ ދަހިވެތިކަން ކުޑަވެ، ބަނޑުހައިވުން ވެސް ކުޑަކޮށްދޭނެއެވެ.

ކޮންމެ ދުވަހަކު ކައި މައިގަނޑު ކެއުންތަކުގެ ދޭތެރެއިން، ލުއި ކެއުމެއްގެ ގޮތުގައި ހިކިމޭބިސްކަދުރު ކެވިދާނެއެވެ. ގިނަ ވެގެން 30 ގުރާމު ފުދޭނެއެވެ. އަދި ހިކިމޭބިސްކަދުރު ކެއުމުގައި ވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ތަޖުރިބާކާރުން ބުނާ ގޮތުގައި ހިކިމޭބިސްކަދުރު ވެސް ކާންވާނީ ކޮންޓްރޯލްކޮށް، ވަރަށް ފަރުވާތެރިކަމާ އެކީގަ އެވެ. އެއް ކަމަކީ ފަހަރަކު އެއްޗެއް ނުވަތަ ދޭތި ވަރު އަނގަޔަށް ލައިގެން މަޑުމަޑުން ހަފައިގެން ކެއުމެވެ. ނުވަތަ ދިރުވައިލަން ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ނެގުމެވެ.

ހިކިމޭބިސްކަދުރު ގެ ފައިދާ

1. އެއް ކަމަކީ، ހިކި މޭބިސްކަދުރު އެގޮތަށް ކެއުމުން، ކައި އުޅޭ ވައްޓަފާޅިއަށް ރަނގަޅު ބަދަލެއް އައުން. ސިއްހީ މާހިރުން އަބަދު ވެސް ދޭ އިރުޝާދުތަކުގެ ތެރޭގައި ލަސްލަހުން ކެއުމާއި ކާ އެއްޗެހި ރަނގަޅަށް ހަފައިގެން ކެއުން ހިމެނޭ

2. މޭބިސްކަދުރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންތަކާއި ގުދުރަތީ ފޮނިކަން ގެނެސްދޭ އެއްޗަކަށްވުމާ އެކު، މި ކެއުމުން ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސްވާނެ

3. ހަށިގަނޑަށް މުހިއްމު ނިއުރޯޓްރާންސްމިޓާޒް ނުވަތަ ގަބަ (ގަމާ-އެމިނޯބިއުޓްރިކް އެސިޑް) ލިއްބައިދޭނެ

4. ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކާ ނަމަ ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް ދޭނެ