ގާތުން ލިބޭ ކިރު ނޫން އެހެން އެއްޗެއް ކެއުން ވާނީ އެ ކުދިންނަށް މުޅިން އާ ތަޖުރިބާއަކަށެވެ. ފުރަތަމަ ފަހަރަށް ކާން ނޭނގުންވެސް އެކަށީގެންވެއެވެ. ކާން ދަސްކުރާއިރު އެ ކުދިންގެ ހުރިހާ ހިއްސެއް ބޭނުން ކުރާނެއެވެ. އަދި ކާއެއްޗެހީގައި އަތްލަން ބޭނުންވާނެއެވެ. ކާންދޭއިރު ކާއެއްޗެހި ގަޔަށް އަދި ތަނަށް އެޅުމަކީ މައްސަލައަކަށް ނުހަދާށެވެ.
ދަރިފުޅަށް ކާން ދަސްވަމުން އަންނައިރު އެކުދިން ބަނޑުހައިވުމުން ބަނޑުހައިވިކަން އަދި އެކުދިންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެވުމުން، އިތުރަށް ކާން ބޭނުން ނުވާކަން އަންގައިދޭނެއެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މިފަދަ ކަންކަމަށް ސަމާލުކަންދީ، އެ އިޝާރާތްތަކަށް އިޖާބަ ދީގެން ކާންދިނުމެވެ.
ބަނޑުހައިވިކަން އަންގައިދޭ ކަންކަން
- ކާނާއާ ދިމާލަށް އަތް ދިއްކުރުން
- ކާނާ އަށް ސަމާލުކަންދީ، ސަމުސަލަށް އަދި ކާންދޭ ތައްޓަށް ބެލުން
- ކާނާ ކައިރި ކޮށްލުމުން އަނގަ ހުޅުވުން
ބަނޑުފުރުނުކަން އަންގައިދޭ ކަންކަން
- އަނގައިން ކާނާ ބޭރުކުރުން
- ސަމުސާ ދުރު ކުރަން އުޅުން
- އަނގަ ލެއްޕުން
- އަނެއްފަރާތަށް މޫނު އެނބުރުން
މިއީ، "ތުއްތުދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ ކާންދޭނީ ކިހިނެއް؟ އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެކެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން