އަންހެނުންގެ ހެދުން އެޅުމުގެ އުސޫލާ ހިލާފުވި ކަމަށް ތުހުމަތުކޮށް އިރާނުގައި ހައްޔަރުކުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ބަންދުގައި ހުއްޓާ މަރުވުމުން އެޤައުމުގައި ކުރިއަށްދާ، މިހާރު ދެ މަސް ދުވަސްވެފައިވާ، ވަރުގަދަ މުޒާހަރާތަކަށް ފަހު އެންމެ ފަހުން އީރާނުން އަޚްލާޤީ ފުލުހުން ނުވަތަ 'މޮރާލިޓީ ޕޮލިސް' ޔުނިޓްތައް އުވާލާފަ ވާކަމަށް އިރާނުގެ ޝަރުޢީ އެންމެ އިސް އޮފިސަރު ވިދާޅުވިކަމަށް ރިޕޯޓްކޮށްފިއެވެ. އެހެންނަމަވެސް އީރާނުގެ މައި ސަރުކާރުން މިކަން އަދި އިޢުލާނުކޮށްފައެއްނުވެއެވެ.

އިންޑޮނޭޝިއާގެ އެންމެ އާބާދީ ބޮޑު ޖަޒީރާ ޖާވާގައި އޮންނަ އެންމެ އުސް އަލިފާންފަރުބަދަ ގޮވައި، ބޮޑެތި ގޭސް ވިލާތަކާއި ލާވާ ކޯރުތައް އުފެދިއްޖެއެވެ. މިއާ އެކު ކަމާގުޅުންހުރި އިދާރާތަކުންވަނީ އެންމެ މަތީ ފެންވަރުގެ އިންޒާރު ނެރެ، އީސްޓް ޖާވާ ޕްރޮވިންސްގެ 93 މީހަކު ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

ނައިޖީރިއާގެ ކަޓްސީނާ ސްޓޭޓްގައި ހުންނަ މިސްކިތެއްގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ދިން ބަޑީގެ ހަމަލާއެއްގަ ޗީފް އިމާމް ހިމެނޭ ގޮތަށް ނަމާދުކުރަން ތިބި މަދުވެގެން 10 މީހަކު މަރާލައި، އެތައް ބަޔަކު ރަހީނުކޮށްފިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޗައިނާގެ ޒީރޯ ކޯވިޑް ސްޓްރެޓެޖީއަކީ ކޮވިޑް-19 ފެށުނު އިރު ރަނގަޅު ގޮތެއް ކަމުގައި ވީ ކޭސްތަކުގެ އަދަދު މަދުކޮށް ބެހެއްޓުމަށް ކާމިޔާބު ކުރެވުނު ސަބަބުންނެވެ. އެކަމަކު، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދުނިޔެ ބަދަލުވެ ސިއްހީ ހިދުމަތްތައް މިހާރު ވަނީ ކޯވިޑްގެ ފަރުވާ ދިނުމަށާއި ބަލިމަޑުކަމާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެފަ ކަމަށާ ޒީރޯ ކޯވިޑް ސްޓްރެޓެޖީގެ ބޭނުން މިހާރު ކެނޑިފައިވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

ފަލަސްތީނު ހަނގުރާމަވެރިން އިޒްރާއިލުގެ ސަރަހައްދާ ދިމާއަށް ފޮނުވާލި ރޮކެޓެއްގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން އާދީއްތަ ދުވަހު ޣައްޒާގެ ސަރަހައްދުގެ ހަމާސްގެ ކޭޕްމްތަކަށް ކަމަށްބުނެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ފަލަސްތީނު ހަނގުރާމަވެރިން ފޮނުވިކަމަށް އިޒްރާއީލުން ބުނޮ ރޮކެޓަކީ މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޣައްޒާގެ ސަރަހައްދުން އިސްރާއީލާ ދިމާލަށް ފޮނުވާލި ރޮކެޓްކަމަށް އޭއެފްޕީއިން ވަނީ ރިޕޯޓްކޮށްފައެވެ.