ފާއިތުވީ 24 ގަޑިއިރު ބައިނަލްއަޤްވާމީ މަޝްރަހުން ފާހަގަކޮށްލެވުނު 5 ޚަބަރު:

ހަތަރު މަސް ދުވަހުގެ މަޖުބޫރު އަސްކަރީ ޚިދުމަތް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރަން ޓައިވާނުން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި

ޗައިނާގެ އަސްކަރިއްޔާއިން ޓައިވާނުގެ ކަނޑާއި ވައިގެ ސަރަހައްދުގެ ވަށައިގެން "ސްޓްރައިކް ޑްރިލް" އެއް ކުރިއަށްގެންދިޔަ ކަމަށް ބުނިތާ ދުވަސްތަކެއް ފަހުން، ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ހަތަރު މަސް ދުވަހުގެ މަޖުބޫރު އަސްކަރީ ޚިދުމަތް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރަން ނިންމިކަން އިއުލާން ކުރަން ޓައިވާނުން ތައްޔާރުވެއްޖެ އެވެ. ދިގު ޚިދުމަތުގެ ޝަރުތުތައް 2024 ވަނަ އަހަރުގެ ތެރޭގައި ތަންފީޒު ކުރެވިދާނެ ކަމަށް އޭޝިއާ ނިކޭ އިން ރިޕޯޓްކޮށްފައިވާއިރު، މިއީ ޗައިނާއާއި ޓައިވާން އެއްކޮށްލުމަށް ޗައިނާއިން ކުރާ މަސައްކަތާ ދެކޮޅަށް ދިފާއީ ބާރުތައް ވަރުގަދަ ކުރަން ޓައިވާނުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

 

ސަރުކާރާ ދެކޮޅު ހަލަބޮލިކަމަށް ތާއީދުކުރި އީރާނުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ އާއިލާއާއެކު ޑުބާއީއަށް ދިޔަ ފްލައިޓް ރީ-ރޫޓްކޮށްފި

ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ތާއީދުކޮށްފައިވާ އިރާނު ފުޓްބޯޅަ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ ދާއީގެ އަންހެނުންނާއި ދަރިފުޅާއެކު ޑުބާއީއަށް ދިޔަ ފްލައިޓެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ރީ-ރޫޓްކޮށް، އެމީހުން އެގައުމުން ފުރުމަށް ހުރަސް އަޅާފަވާކަމަށް ވަނީ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

 

ޖެނުއަރީ 8 އިން ފެށިގެން ޤައުމުން ބޭރަށް އަންނަ މީހުންގެ ކަރަންޓީން އުވާލަން ޗައިނާއިން ނިންމައިފި

ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ވަރުގަދަ ބޯޑަރު ހުރަސްތަކަކަށް ފަހު ޗައިނާއިން ޖެނުއަރީ 8 އިން ފެށިގެން ޤައުމުން ބޭރުން ޒިޔާރަތްކުރާ މީހުން ކަރަންޓީނު ކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެގައުމުގެ އެންމެ އިސް ސިއްހީ އިދާރާއިން ހޯމަ ދުވަހު ބުނެފި އެވެ. ނޭޝަނަލް ހެލްތު ކޮމިޝަނުން ކުރި އޮންލައިން ޕޯސްޓެއްގައި ބުނެފައި ވަނީ ކަރަންޓީން ފިޔަވަޅުތައް އުވާލިޔަސް ދަތުރުވެރިން ޗައިނާއަށް އެތެރެވުމަށް ދަތުރުގެ 48 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.

 

އެމެރިކާއަށް މިދުވަސްވަރު ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި މަދުވެގެން 60 މީހުން މަރުވެއްޖެ

އާކްޓިކް ޑީޕް ފްރީޒް އެއްގެ ސަބަބުން އުފެދިފައިވާ، އެމެރިކާ މީގެ ކުރިން ދެކެފައިނުވާފަދަ ފިނީގެ ތޫފާނެއްގެ ސަބަބުން މަދުވެގެން 60 މީހުން މަރުވެފައިވާ ކަމަށް އެންބީސީ ނިއުސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފިނިހޫނުމިން ފެތުރިފައިވަނީ މެކްސިކޯގެ ބޯޑަރާއި ހަމައަށެވެ. ތޫފަނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އަދި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކެނެޑާގެ ބޯޑަރު ކައިރީގައި އޮންނަ ލޭކް އެރީގެ އަރިމަތީގައި އޮންނަ ނިއުޔޯކް ސްޓޭޓްގެ ބަފަލޯ ސަރަހައްދަށެވެ. އެ ސަރަޙައްދުން އެކަނިވެސް 27 މީހުން ވަނީ މިތޫފާނުގެ ސަބަބުން މަރުވެފައެވެ.

 

މައިކްރޯރެޕްޓަރ ޒާއޯއިނަސް ޑައިނަސޯރެއްގެ ފޮސިލައިޒްޑް ގޮހޮރުގެ ތެރެއިން ޕްރިޒަރވްވެފައިވާ މެމަލްއެއްގެ ފައިތިލަ ފެނިއްޖެ

21 ވަނަ ގަރުނުގެ މިފަދަ ފުރަތަމަ ހޯދުމުގައި ޗައިނާގެ މިއުޒިއަމް ކަލެކްޝަނަކަށް ޒިޔާރަތް ކުރަމުން ދަނިކޮށް މޮންޓްރިއަލްގެ މެކްގިލް ޔުނިވާސިޓީގެ ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ހަންސް ލާރސަންއަށް ވަނީ މައިކްރޯރެޕްޓަރ ޒާއޯއިނަސް ޑައިނަސޯރެއްގެ ފޮސިލައިޒްޑް ގޮހޮރުގެ ތެރޭގައި ޕްރިޒަރވްވެފައިވާ މެމަލްއެއްގެ ފައިތިލަ ފެނިފައެވެ. މި ހޯދުން އެހާ އަޖައިބު ކުރުވަނިވި ކަމަކީ މީގެ ކުރިން ފެނިފައިވާ މި ވައްތަރުގެ ޑައިނަސޯރ ފޮސިލްތަކުން މަހާއި ދޫނި އަދި ލިޒަރޑްފަދަ ތަކެތި އޭގެ ކެއުމުގަ ހިމެނިފައިވާކަމުގެ ހެކިތައް ފެނިފައިވިޔަސް މި ވައްތަރުގެ ޑައިނޯރ މެމަލްސްވެސް ކައި އުޅުނުކަން ހާމަވާ ހެއްކެއް ފެނުނު މިއީ ފުރަތަމަ ފަހަރުކަމަށް ވުމެވެ.