ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވޭޕް ކުރަން ފަށައެވެ. އެކަމަކު ވޭޕިންގެ ފޮރުވިފައިވާ ނުރައްކާތައް ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފައެވެ. ތަފާތު ސިއްހީ ސަބަބުތަކާ ހުރެ ވޭޕިން ދޫކޮށްލާނެ ގޮތް ދަސްކުރަން ޖެހެއެވެ. ސަބަބކީ، ކުރިން ހީކުރެވުނުގޮތާ ޚިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވުރެ ދުޅަހެޔޮ ބަދަލެއް ވޭޕިންގ އަކުން ނުލިބެއެވެ. ދެވަނަ ކަމަކީ، ބޮޑެތި މީހުންނާއި ފުރާވަރުގެ ކުދިންނަށް ސިއްހީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެ، ނޭނގި ނަމަވެސް ތަފާތު ގެއްލުންތައް ޒަމާނީ އީ-ސިނގިރޭޓުން ލިބޭތީއެވެ. ތަޖުރިބާކާރުންގެ ވިސްނުންތައް ހޯދާ، ދުޅަހެޔޮ ދިރިއުޅުމަކަށް ފިޔަވަޅެއް އަޅާށެވެ.

 

ވޭޕިންގ މަގުބޫލުވީ ކިހިނެއް ހެއްޔެވެ؟

ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަމަ ވޭޕް އީޖާދުކުރީ 1960 ގެ އަހަރުތަކުގައި ސްކްރެޕް މެޓަލް ވިއްކާ ހަރބަޓް ގިލްބަޓް އެވެ.

ވޭޕިން އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވުރެ ރައްކާތެރިކަމެއް ކަމަށް ބެލެވެނީ ނޭވާލާ އެރޮސޯލް ނުވަތަ ދުން އުފެއްދުމަށް އެހެން ކެމިކަލްތަކާ އެކު ނިކޮޓީން ހޫނުކޮށްދޭތީއެވެ. އެތައް ހާސް ވިހަ ކެމިކަލްތަކެއް ހިމެނޭ ސިނގިރޭޓާ އަޅާބަލާއިރު، ވޭޕް ކުރުމުން މަދު ކެމިކަލްތަކަކަށް ހުށަހެޅޭނެ އެވެ. ނަމަވެސް އޭގެ މާނައަކީ އެއްގޮތަކަށްވެސް ވޭޕިންގ އަކީ ރައްކާތެރި އެއްޗެއް ކަމަކަށް ނުވޭ. - ޑރ.ޑެބަންޖަން ބެނާޖީ: ޑޮކްޓަރ ސްޕްރިންގްގެ ޖެރިއޭޓްރިކް ސައިކިއޭޓްރިސްޓެއް

 

ވޭޕިންގ ގެ ފޮރުވިފައިވާ ނުރައްކާތަކަކީ ކޮބައިތޯ؟

އާ ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕިންގ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްވަރަށް ނުރައްކާތެރި ކަމެކެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ސީޑީސީން ވަނީ އީ-ސިނގިރޭޓް ނުވަތަ ވޭޕިން ޕްރޮޑަކްޓް ޔޫސް-އެސޯސިއޭޓެޑް ލަންގް އިންޖަރީ (އީވީއެލް) ފެތުރިފައިވާ ކަމަށް އިއުލާންކޮށްފައެވެ. އެކަމުގެ ސަބަބުން ޒުވާން އާބާދީގައި އެތައް ބަޔަކު މަރުވިއެވެ. މީގެ އިތުރުން އީ-ސިނގިރޭޓްގައި ޑައިތިލިން ގްލައިކޮލް، ނައިޓްރޯސަމިންސް އަދި އެހެނިހެން ގެއްލުން ހުރި ތަޣައްޔަރު މާއްދާތައް ހިމެނޭތީ އީ-ސިނގިރޭޓް ބޭނުންކުރުމާއި ވިއްކުމަށް އެފްޑީއޭ އިން ވަނީ ރުހުން ނުދީއެވެ.

 

ވޭޕިންގ ގެ ސަބަބުން ނިކޮޓީން އެޑިކްޝަން ގެސަބަބުން ފުރާވަރުގުދިންގެ އުފެދެމުން އަންނަ ސިކުނޑިއަށް ގެއްލުން ލިބިދާނެ؛ ފުއްޕާމޭގެ ކެޕޭސިޓީއާއި ފުންކްޝަން ދަށްވުން؛ ކުރިއަށް އޮތްތަނުގައިސިނގިރޭޓް ބުއިމުގެ ފުރުސަތު އިތުރުވުން؛ މުޅި އުމުރަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން (ކުރިން ނިކޮޓީން އުފެއްދުންތައް ބޭނުންކުރަން ފެށުމުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުން، އެޑިކްޝަންގެ ނުރައްކާ ބޮޑުވެ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވޭ). އުމުރުގެ ކުރީކޮޅު ނިކޮޓީން ބޭނުންކުރުމުގެ ސަބަބުން ސަމާލުކަމާއި އުނގެނުމުގެ އުދަނގޫތަކުގެ އިތުރުން އެހެން މާއްދާތަކަށް އެޑިކްޓްވުން ފަދަ ކަންކަން ކުރިމަތިވެދާނެ. - ޑރ.ފޯލާން

 

ވޭޕް ގެ އުފެއްދުންތަކުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ފުއްޕާމޭއަށް ގެއްލުން ލިބިދާނެ. އީ-ސިނގިރޭޓްގައި ހުންނަ ރަހަތަކަކީ ގެއްލުމެއް ނެތް ރަހަތަކެއް (ކެންޑީ، މޭވާ، އަދި މެންތޯލް ރަހަތައް) ކަމުގައި ހީވި ނަމަވެސްއެއީ ފުއްޕާމޭއަށް ނޭވާލާން ރައްކާތެރި ރަހަތަކެއް ނޫން. ވޭޕް ޕްރޮޑަކްޓްތަކުގެ އެރޮސޯލްގައި ހުންނަ އަލްޓްރާފައިން ޕާޓިކަލްސް ފުއްޕާމޭގެ ފުންމިނަށް ފޯރުމުން ގެއްލުން ލިބޭ. ކެންސަރު ޖެހޭ ކެމިކަލްތަކާއި ވިހަ މެޓަލްސް ގިނަ އީ-ސިނގިރޭޓްތަކުން ފެނިފައިވާއިރު، މިކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވި. ތަފާތު 450 އަށް ވުރެ ގިނަ ވޭޕް ޕްރޮޑަކްޓް ބާޒާރުގައި ހުރުމުން ކޮންމެ އެއްޗެއްގައި ހުންނަނީ ކޮން ބާވަތްތަކެއްކަން އެނގުން ދަތިވޭ. އަދި ވޭޕިންގ ގެ ސަބަބުން ކާޑިއޯ ވެސްކިއުލަރ ސިސްޓަމަށް ގެއްލުން ހުރި އަސަރުތަކެއް ކޮށްފާނެ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ. މީގެ އިތުރުން ސިނގިރޭޓް ދޫކޮށްލަން ޝައުގުވެރިވާ މީހުން އީ-ސިނގިރޭޓް ބޭނުންކޮށް އުޅުނު ނަމަވެސް ގިނަ ފަހަރަށް ދޫކޮށްލާ މީހުންނަށް ވުރެ ދެވައްތަރުން ބޭނުންކުރާ ބަޔަކަށް (ސިނގިރޭޓާއި ވޭޕް ޕްރޮޑަކްޓްސް) ވެދާނެ. - ޑރ.ފޯލާން

 

 ވޭޕިންގ ގެ ފޮރުވިފައިވާ ނުރައްކާތަކާ ބެހޭގޮތުން ސައިންޓިފިކް ދިރާސާތަކުން ހާމަވެފައިވާ ކަންތައްތައް

ވޭޕިންގ އަށް ބޭނުންކުރާ ނިކޮޓީން ގެބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމާއި ކާޑިއޯ ވެސްކިއުލަރ ބަލިތައް ކުރިމަތިވާކަން ފާހަގަކުރެވުނެވެ..

އަދި އެ އެރޮސޯލްތަކުގެ ސަބަބުން ކައިރީގައި ތިބި މީހުންނަށް ސިއްހީ ނުރައްކާތަކެއް ކުރިމަތިވެއެވެ.

އެކި ބާވަތުގެ ނިއުމޯނިއާ އާއި ނޭވާލާ ނިޒާމު ބަލިކަށިވާ ބަލިމީހުންގެ ރިޕޯޓްތައް ލިބިފައިވެއެވެ.

ނޭވާ ކުރުވުމާއި، ކެއްސުމާއި، މޭގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެއެވެ.

އެޑިކްޝަން މެދުވެރިކުރުވައެވެ.

އޮކްސިޑޭޓިވް ސްޓްރެސް އާއި އިންފްލެމޭޝަން އިތުރުކޮށްދެއެވެ.

ލޭހޮޅިތައް ހަރުވުން މެދުވެރިވެއެވެ.

ސެލްތަކަށް ގެއްލުން ލިބެއެވެ (ސައިޓޮޓޮކްސިސިޓީ).

ވޭޕިންގ ލިކުއިޑްގެ ގޮތުގައި ބޭނުންކުރާ މަދު ކޮމްޕައުންޑްތަކަކީ ކާސިނޯޖެނިކް ނުވަތަ ކެންސަރަށް މަގުފަހި ކުރުވާ ކޮމްޕައުންޑްތަކަކަށް ވެދާނެއެވެ.

ނޭވާހިއްލުން އަދި ސީއޯޕީޑީ ޖެހިދާނެ އެވެ.

 

އެންމެ އާންމު ކޮށް ވޭޕްކުރާ ސަބަބަކީ ސްޓްރެސް، ނިކޮޓީން ޑިޕެންޑެންސް، އަދި ސޯޝަލް ޕްރެޝަރ - ޑރ.ބެނަރޖީ
ފުރާވަރުގެ ކުދިންނަށް ވޭޕް ކުރާ ރައްޓެހިންނާ އެކު އުޅުމަކީ ވޭޕްއަށްހުށައެޅޭ ކަމަކަށްވެދާނެ. އަދި ނިކޮޓީން ދޫކޮށްލުމުގެ އަލާމާތްތަކުގެ ސަބަބުން ބޭނުންކުރުން އިތުރުވެދާނެ. -  ޑރ.ފޯލާން

 

ވޭޕްކުރުން ހުއްޓާލަން ކުރެވިދާނެ ބައެއްކަންކަން

އެންމެފުރަތަމަ ކަމަކަށް ނަމާދުކޮށް ހެއްދެވިފަރާތަށް މިނުރައްކާތެރި އަމަލުން ދުރުކޮށްދެއްވާ ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާށެވެ. ސަބަބަކީ ކޮންމެ ކަމަކަށް ވެސް އިރާދަކުރައްވަނީ މާތް ﷲ ކަމުގައިވާތީއެވެ.

 

ވޭޕް ކުރަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ ހާސްކަން، ސްޓްރެސް، އިޖުތިމާޢީ ޕްރެޝަރު، ނުވަތަ އެހެން ކަމެއް ހެއްޔެވެ؟ އެއީ މިފަދަ ގިނަ ސަބަބު ތަކަކަށް ވެދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ކައުންސެލަރަކާ ވާހަކަ ދެއްކުމެވެ. އެއީ ޓްރިގަރސްގެ އަސްލު ސަބަބާއި ޓްރިގަރސް އަމިއްލައަށް ދެނެގަތުމަށް އެހީތެރިވެދޭނެ ތީއެވެ. އެއީ ވޭޕް ކުރަން ޖެހޭ ސަބަބު ދެނެގަތުމަށް އަޅާ ފުރަތަމަ ފިޔަވަޅެވެ. ދެން، ވޭޕިންގ މުޅިން ދޫކޮށްލާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް އެކުލަވާލައިގެން ކުރިއަށް ދެވޭނެއެވެ.

 

ސިނގިރޭޓާ އެއްގޮތަށް، ވޭޕިން ހުއްޓާލަން މަސައްކަތް ކުރާއިރު، ނިކޮޓީން ދޫކޮށްލުމަށް ހައްލެއް ހޯދުމަކީ، ވޭޕިން ދޫކޮށްލުމުގެ މަރްހަލާއަށް ވަރަށް މުހިންމު ކަމެއް. ނިކޮޓީން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ އެފްޑީއޭ އިން ފާސްކޮށްފައިވާ އެހެން ސެސޭޝަން ބޭސްތައް ބޭނުންކުރުމަކީ ސިނގިރޭޓް ބުއިމާއި/ނުވަތަ ވޭޕިން ހުއްޓުވުމުގައި ވަރަށް ފައިދާހުރި ކަމެއް. ތިމާގެ ސިއްހީ ހިދުމަތްދޭ ފަރާތުން، ލޯކަލް ސެސޭޝަން ޕްރޮގްރާމަކުން، ނުވަތަ ތިމާގެ ސްޓޭޓް ކުއިޓްލައިންގެ ފަރާތުން ސަޕޯޓް ހޯދުމަކީ ވެސް އެހީތެރިވެދޭނެ ކަމެއް. - ޑރ.ފޯލާން

18 އަހަރުން ދަށުގެ ފަރާތްތަކަށް ނިކޮޓީން ބަދަލުކުރާ ޕްރޮޑަކްޓްތައް ބޭނުންކުރުމަށް އެފްޑީއޭއިން ފާސްކޮށްފައި ނުވި ނަމަވެސް، އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް އިން ލަފާދެނީ ކުޑަކުދިންގެ ޑޮކްޓަރުން އެމީހުންގެ މެދުމިނާއި ވަރަށް ބޮޑަށް ބަލިމީހުންނަށް (18 އަހަރުން ދަށުގެ) ނިކޮޓީން ބަދަލުކުރުމުގެ ބޭސް ދިނުމަށެވެ.

 

މިޒަމާނުގައި އެޕަކުން ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ވޭޕިންގ ދޫކޮށްލުމަށް އެހީތެރިކަން ލިބިދާނެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތް ކުރާއިރު ޝައުގުވެރިކަން ނައްތާލުމަށް އެހީތެރިވެދޭ އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތް ކުރާއިރު މޮޓިވޭޝަން އާއި ސަޕޯޓް ފޯރުކޮށްދޭނެ މޮޅު “ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ” އެޕްތަކެއް އެބަހުރި. އަޅުގަނޑުމެން ގިނައިން ރެކޮމެންޑް ކުރާ އެއްޗަކީ އެންވައިސީ ޑީއޯއެޗް އެންޑް މެންޓަލް ހައިޖީން އިން އުފެއްދި އެންވައިސީ ހެލްޕް މީ ކުއިޓް ގެ ނަމުގައި އުފެއްދި އެޕެއް.  - ޑރ.ފޯލާން

 

ތިމާ އަމިއްލައަށް ނުކުރި ހިތްވަރެއްގައި އެހެންމީހަކަށް ކޮށްދެވޭނެ މާބޮޑުކަމެއް މިފަދަ ކަންކަމުގައި ނޯންނާނެއެެވެ. ތިބާގެ ކޮމިޓްމަންޓުން ކަނޑައަޅާނީ ސިއްހަތަށް ނުރަނގަޅު އާދައެއް ކާމިޔާބުކަމާއެކު ހުއްޓުވޭނެތޯ ނުވަތަ ނޫންތޯއެވެ. ހަމައެކަނި ތިމާގެ ސިއްހަތާ މެދު ވިސްނަން ޖެހޭ ކަމަށާއި ތިމާގެ ކައިރީގައި ތިބި މީހުންނާ މެދު ވެސް ވިސްނަން ޖެހެ އެވެ. މީގެ އިތުރުން ވޭޕިންގ އަކީ ސްޓްރެސް އާއި އެހެނިހެން ޓްރިގަރސް އަށް ކުރިމަތިލާ މެކޭނިޒަމެއް ނަމަ، އެ މައްސަލަތަކަށް ހައްލެއް ހޯދައިގެން ނޫނީ ދުވަހަކުވެސް އެކަން ދޫކޮށްނުލެވޭނެ ކަމަށާއި، ވަގުތު ފާއިތުވަމުންދާ ވަރަކަށް ސިއްހަތު ވެސް ގޯސްވާނެ ކަން ވިސްނަންޖެހޭނީ އަމިއްލަ ނަފްސަށެވެ.

 

ކަސްރަތު ކުރުމުން މޫޑާއި ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ކޮށްދޭ ހޯރމޯން ކަމަށްވާ އެންޑޯފިންސް އުފައްދައެވެ. ކަސްރަތު ކުރުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ރަނގަޅު ހާލަތަކަށް ދިއުމަށް އެހީތެރިވެދޭ ކަމެއް ނޫން ކަމަށާއި ނަފްސާނީ ގޮތުންވެސް ރަނގަޅުކަމެކެވެ.ދުވުމާއި، ހިނގާބިނގާވެ އުޅުމާއި، ބަރު އުފުލުމާއި، ފަތާލުމާއި، ބޭރު ގަކުޅިވަރެއް ކުޅުމާއި، ނަށާ ނުވަތަ ޖިމަށް ވެސް ދިއުންމީ ކުރެވިދާނެ ކަންކަމެވެ. އަދި ސްޓްރެސް ނައްތާލައި ފޯކަސް ރަނގަޅު ކުރުމަށް ޔޯގާ އާއި މެޑިޓޭޓް ވެސް ކުރެވިދާނެ އެވެ.