ގެވެށި އަނިޔާއިން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ލ. އިސްދޫގައި ކުރިއަށް ގެންގޮސްފިއެވެ

އިސްދޫ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު ގުޅިގެން، ޑިސެމްބަރު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ގެވެށި އަނިޔާއަކީ ކޮަބައިކަމާއި ގެވެށި އަނިޔާ ލިބެމުންދާނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ގެވެށި އަނިޔާ ލިބެމުންދާ ނުވަތަ އަނިޔާ ލިބިފައިވާ މީހެއްގެ ކިބައިން ފެންނާނެ ކަންތައްތަކާއި އެފަދަ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި އެ އަނިޔާގެ ސަބަބުން އަސަރުކުރާނެ ފަރާތްތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުން ލިބިދޭ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.