ކައިވެނި ކުރުމަކީ ދިރިއުޅުން ބަދަލުކޮށްލާ ވަރަށް ބޮޑު ނިންމުމެކެވެ. ތިޔައިން އެއްވެސް ފަރާތަކުން ކައިވެނި ކުރުމުގެ ކުރިން ބައިވެރިއާ ފަރާތުން މިސުވާލު ތަކަށް ޖަވާބު ހޯދުން މުހިއްމެވެ.އޭރުން ކުރިއަށް އޮތް މުސްތަޤްބަލުގައި ތިޔަ ދެމީހުން ކަންތައް ކުރާނެ ގޮތާއި ދެބަސްވުންތަކާއި ވަރިން ސަލާމަތް ވުން އެކަށީގެންވެއެވެ.

މަޝްވަރާކުރުމާއި އެއްބާރުލުމާއި ކޮމިޓްމަންޓަކީ ކައިވެންޏެއް ރަނގަޅު ކުރުމަށް މުހިންމު ކަންތައްތަކެއް ނަމަވެސް އަމިއްލަ ނަފްސު އެނގުމަކީ ވެސް މުހިންމު ކަމެކެވެ

ދެމީހުންނަށް ވެސް އަސަރުކުރާ ބޮޑު ފިޔަވަޅެއް އަޅަން ވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

ބައިވެރިޔާ އަށް ރަނގަޅު ވަޒީފާއެއްގެ ހުށައެޅުން ލިބު އެހެން ރަށަކަށް ނުވަތަ ޤައުމަކަށް ބަދަލުވާން ޖެހިއްޖެ ހާލަތުގަ ކަންތައް ކުރާނީ ކިހިނެއްތޯ އެވެ.ބަދަލުވާން ތިބާ އެއްބަސް ނުވާނަމަ ބައިވެރިޔާ އެކަނި ދާން ޖެހިދާނެ އެވެ. މި ބާވަތުގެ ބޮޑު ބަދަލަކާއެކު ތިބާގެ ވިސްނުންހުރި ގޮތެއް ހޯދާށެވެ. ބައިވެރިޔާ ތިބާއަށްޓަކައި ބަދަލުވާނެ ނަމަ އެމީހުންނަށްޓަކައި ބަދަލުވާން ތައްޔާރަށް ހުންނަން ޖެހެއެވެ.

ބައިވެރިޔާގެ ގައިގާ ދަރިފަސްކޮޅަށް ފެތުރިދާނެ ޖެނެޓިކް ބަލިތަކެއް ހުރޭތޯ؟

ސިކްލް ސެލް ބަލި، ހީމޯފިލިއާ، ކެންސަރު އަދި އެހެނިހެން ޖެނެޓިކް ބަލިތައް އާއިލާތަކުގައި ހިނގައެވެ. އާއިލާގެ ދެފަރާތުން ވެސް ބަލިތަކުގެ ނުރައްކާ ކުރިމަތިވާ މިންވަރާއި ކުރިއަށް އޮތް ދަރިންނަށް ކުރިމަތިވާނެ ނުރައްކާ އެނގުން މުހިއްމެވެ. ބޮޑު ނުކުޅެދުންތެރިކަމެއް ހުރެގެން އުފަންވާ ކުއްޖަކަށް އަޅާލާނީ ކިހިނެއްކަންވެސް ދެމީހުން މަޝްވަރާ ކުރަން ޖެހެއެވެ.

ދެފަރާތުގެެ އާއިލާއާއެކު ވެސް ޗުއްޓީއާއި ޚާއްޞަ މުނާސަބަތު ވަގުތު ބެލެންސްކޮށް، އަދި ދެމަފިރިންނަށް ޚާއްޞަ ވަގުތުތަކެއް ލިބޭނެކަން ޔަޤީން ކުރާނީ ކިހިނެއް ހެއްޔެވެ؟

ބަންދު ދުވަސްތަކަކީ ވަރަށް ސްޓްރެސް ބޮޑު ދުވަސްތަކަކަށް ވެދާނެ އެވެ.ކޮންމެ ކަމެއް ފާހަގަ ކުރިޔަސް މައިންބަފައިންނާއި ބައިވެރިޔާގެ މައިންބަފައިން ވެސް ބޭނުންވަނީ ތިބާގެ ވަގުތެވެ. އެކަމަކު ތިޔަ ދެމީހުންނާއި، އަދި އަމިއްލަ އާ އާއިލާއަށް އަށް ވަގުތު ދޭނީ ކިހިނެއްހެއްޔެވެ.އެންމެންގެ ބޭނުންތައް ފުއްދައިދޭ ގޮތަށް ވަގުތު ބަހާނެ ގޮތް ނިންމުމަކީ ގޮންޖެހުމަކަށް ވެދާނެ އެވެ.

ދެމީހުން މިހާރު އެކަކު އަނެކަކާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުން ތަކަކީ ކޮބައިތޯއާއި އެކަންކަން ރަނގަޅު ކުރެވޭނެތޯއެވެ؟ މީގެ ކުރިން މިކަންކަން މުއާމަލާތު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

ދެބަސްވުމަކަށް މަޑުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިހާރު ތިބާގެ ސުލޫކާ މެދު ބައިވެރިޔާއާ ނުރުހޭ ކަންތައްތައް އަހާ، އެމީހުންގެ އިސްކަންދޭ ކަންކަމަށް އިހުތިރާމް ކުރާ ކަމުގެ އިހުސާސް ކުރެވޭނެ ގޮތެއް ހޯދާށެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ފަރާތުން ފީޑްބެކް ދިނުމާއި، ލިބުމާއި، އެޕްލައި ކުރަން ތައްޔާރަށް ތިބިކަން ޔަގީން ކުރަންވާނެއެވެ.

ދެމީހުންނަށް ހައްލު ނުކުރެވޭ މައްސަލައެއް ދިމާވެއްޖެނަމަ މެރިޖް ކައުންސެލަރަކާ ވާހަކަ ދައްކަން ހުޅުވާލާނެ ތޯއެވެ.

މިހާރު ކައުންސެލިން ހޯދަމުންދާ ދެމަފިރިންގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަނބިން ކައުންސެލިންގ ހޯދުމުގެ ފުރުސަތު ބޮޑު އިރު ފިރިން އެހީތެރިކަން ހޯދަން ފަސްޖެހެ އެވެ. ސުލްހަ ނުކުރެވޭ ޚިޔާލުތަފާތުވުންތައް ހުންނަ ވަގުތުތަކުގައި އެހީތެރިކަން ހޯދުމަށް ތައްޔާރަށް ހުރުމަކީ މުހިންމު ކަމެކެވެ.

ގުޅުމުގައި ދިމާވާ މައްސަލަތައް ގިނައިން ދިމާވަނީ ގުޅުމުގެ އެތެރޭގައި ނުވަތަ ބޭރުގައި ހުންނަ ކަންތައްތަކުގެ ސަބަބުން ތޯ ވާހަކަ ދައްކައިގެން ދެމީހުން އެކަކު އަނެކަކު ހިޔާލު ދެނެގަންނާށެވެ.

މާޒީގެ ނާކާމިޔާބު ގުޅުންތަކުގެ މައްޗަށް ބިނާކޮށް ތިމާގެ ސުލޫކު ބަދަލުކުރީ ކިހިނެއް ހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ މީހުން ކައިވެނީގެ ކުރިން ގުޅުންތައް ނާކާމިޔާބުވެފައި ވެއެވެ. އެ ތަޖުރިބާއިން ބައިވެރިޔާއަށް ދަސްވި އެއްޗަކާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ސުލޫކު ބަދަލުވި ގޮތް ހޯދާށެވެ.

ބައިވެރިޔާގެ މާލީ ވާޖިބުތަކާއި ލަނޑުދަނޑިތަކަކީ ކޮބައިތޯއެވެ؟

ގިނަ ދެމަފިރިން ކުރާ ފަދައިން ދަރަނިވެރިކަމާއެކު ފަށަނީ ހެއްޔެވެ ނުވަތަ މުސްތަގުބަލަށް އިންވެސްޓް ކުރަން ތައްޔާރަށް ހެއްޔެވެ؟ މާލީ ކުއްލި ހާލަތްތަކުގައި ކަވަރު ކުރެވޭތޯ ބެލުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ؟

ކައިވެންޏަށް އެކަކު އަނެކެއްގެ ކޮމިޓްމަންޓަށް މުޅިން އިތުބާރު ކުރެވޭ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟

އަމާން، ލޯބި، އަދި ފުންކޮށް ކޮމިޓްވެފައިވާ ކައިވެންޏެއްގެ ސިއްރަކީ އިތުބާރެވެ. އިތުބާރު ހޯދަނީ ބަހާއި އަމަލުގެ މައްޗަށް ބިނާކޮށެވެ. އަމިއްލަ ނަފްސާއި މި ސުވާލު ކޮށްލުމަށްފަހު ބައިވެރިޔާ އާއި އިތުބާރާ މެދު އެއްވެސް ޝައްކެއް އޮތްތޯ ސުވާލު ކުރާށެވެ.