"ޕްރޭމް ، ޕްރޭމް " މިލަވައަކީ ރާއްޖޭގައި މިއަހަރު ވައިރަލްވެ ގިނަބަޔަކު އެންމެ ފޯރިނަގާ އެއްލަވައެވެ. މިލަވައަށް އިތުރު ފުރިހަމަކަމާއި، ހިތްގައިމުކަމެއް ލިބިގެން ގޮސްފިއެވެ.

ރާއްޖޭގެ 58 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޕެރޭޑްގައި ކުދިބޮޑުއެންމެންގެ ތަރުހީބު ލިބިގެންދިޔައީ ބޭންޑުން މިލަވައިގެ ރާގު ކުޅެލުމުންނެވެ . ޕެރޭޑް ބަލަން އެއްވެ ތިބި އެންމެންގެ ފޯރި ގަދަވެގެންދިޔައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެނިގެންދިޔައެވެ. ވަރަށް ގިނަބައެއްގެ ސަޕޯރޓް މިލަވަ ކުޅެން ފެށުމުން ލިބިގެންދިޔައެވެ.

ހަމަގައިމުވެސް ޕެރޭޑުގައި މިލަވައިގެ ރާގު ބޭންޑް ގެނެސްދިނީ ވަރަށް ފުރިހަމަ އަށެވެ.  ދުވަހުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ ދިވެހީންގެ މެދުގައި އެހާ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ މިލަވަ ޕެރޭޑުގައި އަޑުއަހާލަން ލިބުމުންނެވެ.

މިއަހަރުގެ ރާޢްޖޭގެ ގައުމީ ލަވައެއްގެ ގޮތުގައި ވެގެން މިދިޔައި "ޕްރޭމް ޕްރޭމް ، ލޯމެރި ހިތްއުފާ އެވެ.