އެކުވެރިންގެ އަދި ގާތްތިމާގެ މީހުންގެ ކައިވެނި ޕާޓީއަކީ މަޖާ އަދި އެންމެނަށް އަންނަ އުފާވެރި ދުވަހެކެވެ. ހީ،ސަމާސާ ކޮށް ގުޅުން ބަދަހި ކުރަން ރަނގަޅު ފުރުސަތެކެވެ.

ނަމަވެސް ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކި ވީޑިއޯގައި ކައިވެނިޕާޓީއަށް ގޮސް ކައިވެނިކުރާ ދެމީހުންނަށް ސަލާން ކުރުމުގެ ތެރޭގައި ބިންމައްޗަށް ކޮންޑޮމްތަކެއް ވައްޓާލާތަން ފެނެއެވެ. 

މިވީޑިއޯތަކަށް ހިޔާލުފާޅުކޮށްފައިވާ ގިނަމީހުން ފާހަގަކޮށްފައިވަނީ މިއީ މަޖާކަމެއް ނޫންކަމަށެވެ.

އާއިލާ މެމްބަރުންނާއި ކުޑަކުދިންގެ ކުރިމަތީގައި އަދި ޚާއްސަކޮށް މައިންބަފައިންނާއެމީހުންގެ އެކުވެރިން ކުރިމަތީ ކުރަން އެކަށީގެންވާކަމެއް ނޫންކަމަށެވެ.

ކައިވެނި ފަދަ މާތް ގުޅުމަކުން ދެމީހުން ގުޅިލާމެހޭ އިރު އެގުޅުމަށް މަރުހަބާ ކިއުމަށް ވަލީމާ ތަކަށް ހާޒިރުވެ އުފާފާޅުކުރާއިރު އަޚްލާގީ މިންގަނޑަށް ބަލަންޖެހެއެވެ. ޖިންސީ ގުޅުމުގައ ރައްކާތެރިގޮތްތަކާއި ކޮންޑޮމްފަދަ ދޭތެެރެ ދުރުކުރާ ވަސީލަތްތައް ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމަށް ބާރުއަޅަންޖެހެއެވެ. ނަމަވެސް އެއީ މިގޮތަށް އާންމުންގެތެރޭގައި ބިންމައްޗަށް ކުދިބޮޑު އެންމެންގެ ކުރިމައްޗަށް އުކައިގެން ނޫންކަމަށް ޤަބޫލްކުރަންޖެހެެއެވެ.