ސްކޫލް ޕްރިފެކްޓެއްގެ ދައުރަކީ ގިނަ ފަހަރަށް ޒިންމާދާރުކަމާއި، ލީޑަރޝިޕް، އަދި އެހެން ދަރިވަރުންނަށް ހެޔޮ ނަމޫނާއެއް ދެއްކުމުގެ ދައުރެއްގެ ގޮތުގައި ހޮވާލެވޭ ކުދިންނެވެ. ގިނަ ސްކޫލްތަކުން ޕްރިފެކްޓުން ހޮވުމުގައި ބިނާވެފައިވަނީ ތައުލީމީ ނަތީޖާއާއި މަތީ ކާމިޔާބީތަކުގެ މައްޗަށެވެ. ބައެއް ދަރިވަރުންނަކީ ތައުލީމީ ގޮތުން މޮޅު ކުދިންނަށް ނުވެދާނެ އެވެ. ނަމަވެސް ލީޑަރޝިޕަށް މުހިންމު ސިފަތަކެއް ހުރި ދަރިވަރުންނަށްވުން އެކަށީގެންވެއެވެ. އެހެންކަމުން ޕްރިފެކްޓުން ހޮވުމުގެ ކްރައިޓީރިއާ ފުޅާކުރުމުގެ މުހިންމެއްނޫންތޯއެވެ؟
ސްކޫލް ޕްރިފެކްޓުންގެ ގޮތުގައި މަތީ ކާމިޔާބީ ހޯދާ ދަރިވަރުން ހޮވުމުގެ އާދަ ބިނާވެފައިވަނީ ތައުލީމީ ކާމިޔާބީއަކީ ޑިސިޕްލިން، ޒިންމާ، އަދި ޚިދުމަތްތެރިކަން ފަދަ ސިފަތައް ދައްކުވައިދޭ ސިފަތަކެއް ކަމަށް ގަބޫލުކުރެވޭތީއެވެ. މި ގޮތުން ސްކޫލް މާހައުލުގައިގިނަ ފަހަރަށް ދެކެނީ ތައުލީމީ ދާއިރާއިން މޮޅުކަން ދައްކާ ފަރުދުން ދިރިއުޅުމުގެ އެހެން ދާއިރާތަކުން މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަތީ ކާމިޔާބީ ހޯދާ ފަރާތްތަކަށް ގިނަ ފަހަރަށް ސްކޫލްދައުރުގައި ލީޑްކުރުމުގެ ފުރުސަތުލިބެއެވެ. ނަމަވެސް ހަގީގަތަކީ ކިޔެވުން ނިންމާލުމަށްފަހު ނަތީޖާ އެންމެ މޮޅަށް ހޯދި ޕްރިފެކްޓުން ، ތައުލީމީ ގޮތުން މޮޅުނަތީޖާ ނުނެރެވުނު ދަރިވަރުންގެ ދަށުން މަސަތްކަތް ކުރަމުން އަންނަކަމެވެ.
ތައުލީމީ ކާމިޔާބީއަކީ އިންކާރު ނުކުރެވޭ ވަރަށް ތައުރީފު ކުރެވޭ ކަމެއް ކަމުގައިވީނަމަވެސް، ސްކޫލް ޕްރިފެކްޓުން ހޮވުމުގައި ހަމައެކަނި މަތީ ކާމިޔާބީ ހޯދާ ފަރާތްތަކަށް ފޯކަސް ކުރުމަކީ ނޭނގި ނަމަވެސް އެހެން އަގުހުރި ސިފަތަކާއި ހުނަރުހުރި ދަރިވަރުން ބާކީ ކުރެވުމެވެ. ލީޑަރޝިޕަކީ މުވާސަލާތީ ހުނަރާއި، އޯގާތެރިކަމާ އަޅާލުމާއި، ކަންކަން ރާވާ އިންތިޒާމްކުރުމުގެހުނަރާއި ، އެހެން މީހުން މޮޓިވޭޓްކޮށް އިންސްޕަޔަރ ކުރުމުގެ ޤާބިލުކަން ފަދަ ގިނައަގުހުރި ސިފަތަކެވެ. ހަމައެކަނި ތައުލީމީ ނަތީޖާއަށް ބަލާއިރު، ޓެސްޓްތަކާއި އިމްތިހާނުތަކުގައި މޮޅު ނުވެދާނެ ނަމަވެސް ލީޑަޝިޕް ރޯލްތަކުގައި ކުރިއަރާފާނެ ޕޮޓެންޝަލް ލީޑަރުންނަށް ސްކޫލްތަކުން ފުރުސަތު ދިނުން ކިއެއްތޯއެވެ؟
ފުޅާ ދާއިރާއެއްގައި ސިފަތައް ހިމެނޭ ގޮތަށް ސްކޫލް ޕްރިފެކްޓުން ހޮވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަލުން ވިސްނުމަކީ ގިނަ ފަރާތްތަކެއް ހިމެނޭ އަދި ތަފާތު ލީޑަރޝިޕް ޓީމުތަކެއް އުފެދުމަށް މަގުފަހިވާނެކަމެކެވެ. އާޓްސް، ސްޕޯޓްސް، ކޮމިއުނިޓީ ސާވިސް ފަދަ ހުނަރުތަކުން މޮޅު ދަރިވަރުން ނުވަތަ ޚާއްޞަ އިންޓަރޕާސަނަލް ސްކިލްސް ހުންނަ ދަރިވަރުން ހިމަނައިގެން، ސްކޫލްތަކުން އެސުކޫލްތަކުގެ ދަރިވަރުންގެ ތަފާތު ހުނަރާއި ޕްރިފެކްޓްޓީމްގެ ވަރުގަދަކަން ތަމްސީލުކުރެވޭނެއެވެ. މިއުސޫލުގެ ސަބަބުން ލީޑަރޝިޕް ޓީމު މުއްސަނދިވެގެން ދިއުމާއި އެކު، އެކި ދާއިރާތަކުން ދަރިވަރުންނަށް ނަމޫނާ ލިބި، ތަޢުލީމީ ކާމިޔާބީތަކަށް ބެލުމެއްނެތި ލީޑަރޝިޕްގެ ފުރުޞަތު ހުރިހާ ދަރިވަރުންނަށް ހުޅިވެގެންދާނެއެވެ.
ތަފާތު ސިފަތަކާއި ހުނަރު ހުރި ދަރިވަރުންނަށް ލީޑަރޝިޕްގެ ދައުރު އަދާކުރުމުގެ ފުރުސަތު ދިނުމަކީ އަމިއްލަ ކުރިއެރުމަށް ދެވޭ އެއްބާރުލުމަކަށް ވެދާނެއެވެ. ތައުލީމީ ގޮތުން ވިދާލުމުގެ ފުރުސަތު ނުލިބިދާނެ ދަރިވަރުންނަށް ލީޑަރޝިޕް މަގާމުތަކުގެ ތެރެއިން އަމިއްލަ ނަފްސަށް އިތުބާރާއި، މުވާސަލާތީ ހުނަރާއި، ޒިންމާދާރުކަމުގެ އިހުސާސް އުފެދިދާނެއެވެ. މީގެ އިތުރުން ލީޑަރޝިޕަކީ އެންމެ ގޮތަކަށް ބައްޓަންކުރެވި ހަނިކުރެވިފައިވާ ކަމެއް ނޫންކަމާއި، އެކި ވަރުގަދަ ކަންކަމާއި ހުނަރުތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވޭނެ ކަމުގެ ވަރުގަދަ މެސެޖެކެވެ.
ސްކޫލަކީ ހަމައެކަނި ތަޢުލީމީ ދާއިރާއެއް ނޫނެވެ. އެއީ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރާއި، އިޖުތިމާޢީ މުޢާމަލާތްތަކާއި، ޓީމް ވޯކްގެ މުހިންމުކަން ދަސްކޮށްދޭ ދިރިއުޅުމުގެ ފުރަތަމަ ބިންގާ އަޅައިދޭ ތަނެވެ. ސްކޫލް ޕްރިފެކްޓުކަން ވަކި ކުދިންތަކަކަށް ހަނިނުކޮށް ހުރިހާ ކުދިންނަށްވެސް ވަކި އުސޫލެއްގެ ތެރެއިން ކުރިމަތިލެވެން އޮންނަ އޮތުމުން ތައުލީމުގެ ފުޅާ އަމާޒާ އެއްގޮތް ކަމެއް – ދިރިއުޅުމުގެ އެކި ކަންކަމުގައި ކުރިއަރާ ރަނގަޅަށް ވަށައިގެންވާ ކަންކަމަށް ލޯހުޅުވިފައިވާ ފަރުދުން ތަރުބިއްޔަތު ކުރުވެއެވެ. ތައުލީމީ ކާމިޔާބީތަކުގެ އިތުރުން ލީޑަރޝިޕްގެ ގާބިލްކަން ދެނެގަނެ، ސްކޫލްތަކަށް ތައުލީމީ ތަޖުރިބާއެއް އިތުރަށް ފުރިހަމަ ކުރެވެއެވެ.
ޝައްކެއްވެސްނެތްގޮތުގައި ތަޢުލީމީ ގޮތުން މޮޅުވުމަކީ މުހިންމު ކަމެއް ނަމަވެސް، ސްކޫލް ޕްރިފެކްޓުން ހޮވުމުގައި "މަތިން މާކްސް ލިބޭ ކުއްޖާ" އަށްވުން ހަމައެކަނި ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެއެވެ. މުވާސަލާތީ ހުނަރާއި، އެންޕެތީއާއި، އެޑެޕްޓޭބިލިޓީ ފަދަ ސިފަތައް ހިމެނޭ ގޮތަށް ކްރައިޓީރިއާ ފުޅާކޮށްގެން، ސްކޫލްތަކަށް ލީޑަރޝިޕްގެ ގިނަ ފަރާތްތަކެއް އެކުލެވޭ ސްކޫލް ރަނގަޅަށް ތަމްސީލުކުރާ ގިނަ ދަރިވަރުންތަކަކަށް ހިއްސާވެވޭ ލީޑަރޝިޕް ޓީމްތައް އުފެއްދިދާނެއެވެ. އެގޮތަށް ކަންތައް ކުރުމުން ސްކޫލްތަކުން ދަރިވަރުންގެ މެދުގައި އަމިއްލަ ކުރިއެރުމާއި ތަރައްގީ ކުރިއެރުވުމުގެ އިތުރުން އެންމެ ގިނަ ފަރާތްތަކެއް ހިމެނޭ އަދި ހަމަހަމަ މުޖުތަމަޢެއްގެ ބިންގާ އެޅިދާނެ އެވެ . އއަދި އެކުދިންގެ ހިތުގައި ތައުލީމަށް އޮންނަ ލޯބިވެސް އިތުރުވެގެން ދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން