ބޯންމެރޯ ސްޓެމްސެލް ޓްރާންސްޕްލާންޓް ހެއްދުމަށްޓަކައި މިވަގުތު އައިޝަތު ޒިވިއާ ވަނީ އެޑްމިޓް ކުރެވިފައެވެ. މިހާރު ހުރި ބޯންމެރޯ ސެލްތައް ނައްތާލުމަށްތަކައި 7 ކީމޯ ޑޯޒް އަދި 1 ރޭޑިއޭޝަންޑޯޒް ދިނުމަށްފަހު ބީއެމްޓީ ޔުނިޓަށް ބަދަލުކުރެވިފައިވާކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދެއެވެ.

އައިޝަތު ޒިވިއާ ފަޒްމީން އަކީ އައްޑޫ ސިޓީ މަރަދޫ ފޭދޫ، ކުދިލޮނބޯމާގެ، ފަޒްމީން ފަހްމީއާއި، ފިޔާޒާ މޫސާ ދީދީގެ 3 ވަނަ އަދި އެންމެ ހަގު ދަރިފުޅެވެ.

އެންމެ 2 އަހަރުގެ ކުޑަކުޑަ ޒިވިއާއަށް ވަނީ މެޓަކްރޮމެޓިކް ލިއުކޯޑިސްޓްރޯފީ ޖެހިފައެވެ. މިއީ ފުރާނައަށް ނުރައްކާވާ އަދި ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ނިއުރޯމެޓަބޮލިކް ޑިސްއޯޑަރގެ ވައްތަރެކެވެ.

މިބޯންމެރޯ ސްޓެމްސެލް ޓްރާންސްޕްލާންޓް ކުރުމަށް 43،000 ޑޮލަރު (663،060 ރުފިޔާ) ބޭނުންވާއިރު ، މީގެބޮޑުބައި މިހާރު ދެއްކިފައިވާކަމަށާއި ، މަދުވަނީ 13،000 ޑޮލަރު ( 200،460 ރުފިޔާ) ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. މިފައިސާއަކީ ޓްރީޓްމަންޓް ނިމުމުގެ ކުރިން ދައްކަންޖެހޭ ފައިސާއެެކެވެ. މީގެއިތުރުން މިފަދަ ބޮޑެތި ފަރުވާއަކީ ގިނަދުވަސްތަކެއް ރާއްޖޭންބޭރުގައި ހޮސްޕިޓަލުގައި އެށްމިޓްކޮށްގެން ފަރުވާދޭ ޓްރީޓްމަންޓްތަކަށްވެފައި، ޓްރާންސްޕްލާންޓަށްފަހުވެސް ހޮސްޕިޓަލުގައި 1 މަސްދުވަހަށްވުރެންގިނަ ދުވަސް ހޭދަކުރަންޖެހެއެވެ.

ލޮބުވެތި އަޚުންނާއި، އުޚްތުންގެ ކިބައިން ދީލަތިއެހީ އަކަށް އެދޭކަމަށް ޒިވިއާގެ މަންމަ ފިޔާޒާ ވަނީ ވިދާޅުވެފައެވެ. އަދި ފައިސާގެ އެހީ ވެވޭނެ ތަނަވަސްކަން ނެތްނަމަ ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަށް، އެއީވެސް ވެވޭ ވަރަށް ބޮޑު އެހީއެއްކަމަށް ފިޔާޒާ ހާމަކުރައްވައެވެ.

ޒިވިއާ މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ފިޔާޒާގެ ދެމަފިރިންނާއި، އެދެމަފިރިންގެ ކުޑަ އާއިލާ އެދެނީ ތިއަ އެންމެ ބޭފުޅުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއަށެވެ.

ޒިވިއާގެ މަންމަގެ އެކައުންޓް ތަފްސީލް:


އެކައުންޓް ނަން: ފިޔާޒާ މޫސާ ދީދީ
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު: 7702303135101 (ރުފިޔާ)

އެކައުންޓް ނަން: ފިޔާޒާ މޫސާ ދީދީ
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު: 7730000534579 (އެމެރިކާ ޑޮލަރު)

ސްވިފްޓް: MALBMVMVXXX

އިންޑިއާ މޯބައިލް ނަމްބަރ: 9042541633 91+

އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

“ފުރަތަމަ” ޓީމްގެ ފަރާތުން އެދެނީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ ޒިވިއާ އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. ދުޢާއަކީ އޭނާގެ މި ބައްޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އާމީން!