ޕްރޮފްޝަނަލް ކޯޗިންގް އެންޑް މެންޓަރިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕިކޮމާ) އިން ރާއްޖޭގެ ފުރަތަމަ ފަހަރަށް "ގްލޯބަލް ކޯޗިންގ އެންޑް ސްޕީކިންގ ސިމްޕޯސިއަމް" ބޭއްވުމަށް ހަމަޖައްސައިފިއެވެ. އޮކްޓޯރބަރ 14 އިން 15 ވަނަދުވަހުގެ ނިޔަލަށް ކުރިއަށްދާ މިސިމްޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިސިމްޕޯސިއަމްގެ ޝިއާރަކީ "ކްރިއޭޓިންގ އޭން އައިޑެންޓިޓީ ޝިފްޓް."

ފުރަތަމަ ދުވަސް ޚާއްސަ ކޮށްލަނީ "ހައު ޓު ކްރިއޭޓް އޭން އައިޑެންޓިޓީ ޝިފްޓް"  އަދި ދެވަނަ ދުވަސް ޚާއްސަ ކޮށްލަނީ "ވޯރކް-ލައިފް ބެލެންސް: ހެލްޕިންގް ޔުއަރ ޗައިލްޑް ގޯ ބިޔޯންޑް" މި ޝިއާރުގެ މައްޗަށެވެ. މި ސިމްޕޯސިއަމް ޚާއްސަ ކޮށްލެވިފައި މިވަނީ މުޖުތަމަޢު ބިނާކުރުމަށް ބުރަކޮށް މަސައްކަތްކުރައްވާ މަސައްކަތްތެރިންނަށެވެ. އެގޮތުން ވަޒިފާތަކުގައި އުޅުއްވާ ބޭފުޅުންނާއި، އަމިއްލަ މަސައްކަތުގައި އުޅުއްވާ ބޭފުޅުން އަދި މައިން ބަފައިންނަށް މި ދެދުވަސް ޚާއްސަ ކޮށްލެވެއެވެ.

ދެ ދުވަހަށް ކުރިއަށްދާ ސިމްޕޯސިއަމްގައި ކޯޗިންގ އަދި ފެސިލިޓޭޝަން ދާއިރާގެ ފުންނާބު އުސް ވާހަކަދެއްކުން ތެރިން ވާހަކަ ދައްކަވާނެއެވެ. މިގޮތުން މީހުން ބިނާކުރުމުގެ ދާއިރާއިން މިވަގުތު ރާއްޖޭގެ އެންމެ ފުންނާބުއުސް ވާހަކަ ދެއްކުންތެރިޔާ އަފީފް ހުސައިން، ނަފުސާނީ ޢިލްމުގެ ދާއިރާއިން ޑރ އަނާރާ ނަޢީމް، ރާޑޯ މުހައްމަދު ރަޝީދު،  އަދި ދަރިން ތަރުބިއްޔަތުކުރުމާއި ލިވިން ވެލިއުސް އަދި ލައިފް ސްކިލްސް ދާއިރާއިން ހިދާޔާ މުޙައްމަދު ޒާހިރު އަދި އާމިނަތު އިސްމާޢީލް ފާހަގަކޮށްލެވެއެވެ.  މީގެ އިތުރަށް ތިބޭފުޅުންގެ އެންމެގާތް ވާހަކަދެއްކުންތެރިޔާ: ގޮންޖެހުންތަކާއި އެކުވެސް ހިނިތުންވެލައިގެން ތިއްބެވުމަށް އަބަދުވެސް ހަނދާންކޮށް ދެއްވާ ޑިއުޑްރޮޕް ޝަހީނާއާއި ކާމިޔާބު ވިޔަފާރިވެރިއެއް ކަމުގައިވާ އަހުމަދު މޮއްތަކީ ވާހަކަ ދައްކަވާނެއެވެ. މީގެ އިތުރުން ނިއުރޯ ޕްލާސްޓިސިޓީ، އެބަންޑެންސް މައިންޑްސެޓް، ލޯ އޮފް އެޓްރެކްޝަން ފަދަ މައުޟޫއުތަކަށް ޖުމްލަ 22 ބޭފުޅުން މި ދެދުވަހުގައި ވާހަކަ ދައްކަވާނެއެވެ.

އެހެންކަމުން މިއީ، ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތަރައްޤީއާއި ކުރިމަގު ކުރަހާލަ ދިނުމާއި އެކު، އަމިއްލަ ނަފްސާއި ދެކެ ލޯބިވާ، އަދި ރަނގަޅުގޮތުގައި ދަރިންނަށް އެހީތެރިވެދެވޭ އޮޕްޓިމަލް ވޯރކް-ލައިފް ޙާސިލްކުރާނެ އުކުޅުތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަރަށް ފަހު ފުރުސަތެކެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމާއި، ސިކުނޑީގެ ބާރުގަދަކަމާއި، ބޭނުންވާކަންތައް ގޮންޖެހުންތަކާއި އެކުވެސް ހާސިލުކުރެވޭނެ ކަމުގެ ޔަޤީންކަން އިތުރުކުރުމަށް ކޮންމެހެންވެސް ހާޟިރުވުން މުހިއްމު ސިމްޕޯސިއަމް އެކެވެ. ސްޕީޗްތައް ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ.

"ޕްރޮފެޝަނަލް ކޯޗިންގ އެންޑް މެންޓަރިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕިކޮމާ)" ގެ މަޤްސަދުތަކުގެ ތެރޭގައި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، ކަންކަމުގައި ގޮތްހުސްވެ ދާންވީ މަގު ނޭގިފައިވާ ފަރާތްތަކަށް މަގުދައްކައިދީ، އަދި މުޖުތަމަޢުން ގެއްލިފައިވާ އިޖްތިމާޢީ ފޭރާން އަނބުރާ ގެނައުމުގެ މަސައްކަތް ހިމެނެއެވެ. މި ލަނޑުދަނިޑި ހާސިލުކުރުމަށް ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގައި ސެޓިފައިޑް ޕްރޮފެޝަނަލް ކޯޗް އެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެވެމުމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ފެށުނު ފުރަތަމަ ޕްރޮގްރާމްގައި ކިޔެވި 12 ދަރިވަރަކު މި އިވެންޓުގައި ދަސްވެނިވެގެންދާނެއެވެ.

މިސިމްޕޯސިއަމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިސިމްޕޯސިއަމްގައި ބައިވެރިވާން 1200 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު 5 މީހުންގެ ގްރޫޕަކުން ބައިވެރިވަނީނަމަ ކޮންމެ ބައިވެރިއަކަށް 1000 ރުފިޔާ އިން ބައިވެރިވެވެއެވެ.

މި ސިމްޕޯސިއަމްއާއި ގުޅޭ އިތުރު މަޢުލޫމާތު ޕިކޮމާގެ ފޭސްބުކް މެދުވެރިކޮށް ލިބޭނެއެވެ.

https://www.facebook.com/pcomamaldives

ސިމްޕޯސިއަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް ބޭނުންކޮށްގެން ރަޖިސްޓަރީ ކުރެވޭނެއެވެ.

https://forms.gle/CMwPjjQHfV38sofw7

މި ސިމްޕޯސިއަމް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތުވެސް ހުޅުވިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އިތުރު މައުލޫމާތު ހޯއްދެވުމުށް 7943031 އަށް ވަޓްސްއަޕް ކުރައްވާށެވެ.