މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ މާލޭގެ އެންމެ ގިނަދުވަސްވީ އެއްބިނާ ނުވަތަ ރަންޒަމާނުގެ ހަނދާންތައް ގިނަބަޔަކަށް އާލާކޮށްދޭ ގަޑިބުރު ޒަމާނާއި ގުޅޭގޮތަށް ތަރައްގީކޮށް އަލުން ހުޅުވައިފިއެވެ.

ގަޑިބުރު ތަރައްގީކޮށް ހުޅުވިިރު ރާއްޖޭގެ ދީނާއިސަގާފަތް ރަމްޒުކޮށްދެއެވެ. އެންމެ ޚާއްސަ ކަމަކީ ގަޑިބުރު އަލުން ހުޅުވާފައިވަނީ ފަސްވަގުތު ބަންގީގެ އަޑު އިވިގެންދާ ގޮތަށެވެ. މީގެއިތުރުން ގަޑިބުރު ވަށައިގެންވާ ސްކްރީންތަކުން ދީނީ ޝިއާރުތައްފެނިގެންދެއެވެ.

ގަޑިބުރު އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ)ންނެވެ. ގަޑިބުރުގެ މަސައްކަތް ކޮށްފައިވަނީ އާރްސީސީގެ ސީއެސްއާރް ދަށުންނެވެ.

ގަޑިބުރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބާރު ކުޑަކުރުމަށް ތަޅާލައި އެތަން ކުޑަކުރުމުގެ މަސައްކަތް ކުރީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދަށުން 2017 ވަނަ އަހަރެވެ.