ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން މާލެ ސަރަހައްދާއި ބޮޑެތި ރަށް ރަށް ވަނީ ކުލަ ގަދަ ރީތި ބޮކިތަކުން ދިއްލާލާފައެވެ. އެކި އެކި ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ މި ބޮކިތައް މަގުތަކުންނާއި ހުސް ޖާގަ ބޮޑެތި ތަންތަނުން ފެންނަ އިރު، މިއީ ފޮޓޯ ނަގަން ވަރަށްވެސް ރީތި ބޮކިތަކެކެވެ.

ޢީދު ދުވަހާއި ގުޅިގެން ބޮކިތައް ދިއްލާފައިވާ އިރު ގިނަ އަދަދެެއްގެ މީހުން މި ބޮކިތައް ބަލާލަން ގޮސް ފޮޓޯ ނަގާ ހަދަމުންދެއެވެ. ނަމަވެސް ބޮކިތައް ދިއްލިތާ 3 ދުވަސް ނުވަނީސްވެސް ބައެއް ބޮކިތަކަށް މިހާރު ވަނީ އެކި ކަހަލަ ގޯނާ ލިބިފައެވެ. 

 

ބޮކި ތަކާއި ކައިރި ވެވޭ ސަރަހައްދު ފާހަގަ ކޮއްފައި

ބޮކި ތަކާއި ކައިރި ވެވޭ ސަރަހައްދު.

 

ބައެއް ބޮކިތައް ނެއްޓި، ބޮކިތައް ކައިރިޔަށް ކުނި އަޅާފައި.

 

ތުއްތު ކުދިން ގޮވައިގެން ބޮކިތައް ކައިރީ ފޮޓޯ ނަގާއިރު އެކުދިންނަށް އޭގައި އަތްނުލުމަށް ހަނދާން ކޮށްދެއްވާށެވެ. އަދި ބޮޑެތި މީހުންވެސް ކައިރިވާން އޮންނަ ސަރަހައްދަށް ވުރެއް އިތުރަށް ކައިރިނުވާށެވެ. މި ބޮކިތަކަށް ގެއްލުން ނުވާ ގޮތަށް ފޮޓޯ ނަގާ ހެދުމުން އޭގެ ފައިދާ ހުރިހާ އެންމެންނަށްވެސް ކުރާނެއެވެ.

އަދި ތުއްތު ކުދިންނަށް ކައިރިވާން އޮންނަ ސަރަހައްދަށް ވުރެ ކައިރި ނުވުމަށާއި، އަތް ނުލުމަށް ބުނެދީ ދަސް ކޮށްދިނުމަކީ ބޮޑެތި މީހުންގެ ޒިންމާއެކެވެ. މިކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ބޮޑެތި މީހުން ކުޑަ ކުދިންނަށް ނަމޫނާއަކަށް ވެގެންނެވެ.