އެޕަލް އައިފޯން 12 މި އަހަރު ނެރޭނެކަމާ ދޭތެރޭ ސުވާލު އުފެދިފައި ވަނިކޮށް، މިރޭ އެޕަލްގެ އިވެންޓް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިކަމަށް ހާއްސަކޮށްގެން ވެސް ބާއްވަނީ ވާޗުއަލް އިވެންޓެކެވެ. "ހައި، ސްޕީޑް" ގެ ނަމުގައި މިރޭ އެޕަލް ޕާކްގައި ބޭއްވޭ އިވެންޓް ފަށާނީ ރާއްޖޭ ގަޑިން 10:00 ގަ އެވެ.
. ކޮވިޑް 19 އާ ގުޅިގެން މިފަހަރުގެ އެޕަލް އިވެންޓް ވެސް ކުރިޔަށް ގެންދާނީ އޮންލައިންކޮށެވެ
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އައިފޯނު 12 ނެރޭނީ 5ޖީ އާ އެކީގަ އެވެ. އޭގެ ހަތަރު މޮޑެލްއެއް ނެރޭނެ އެވެ. އޭގެ ތެރޭގައި 5.4 އާއި 6.7 އިންޗީގެ ފޯނު ވެސް ހިމެނެ އެވެ. މީގެ ތެރެއިން 6.7 އިންޗީގެ ފޯނު ވާނީ މިހާތަނަށް ނެރޭ އައިފޯނުގެ އެންމެ ބޮޑު ފޯނަށެވެ. އަދި މި ފަހަރު ފޯނުގެ ޑިޒައިންތަކުން ވެސް ފާހަގަކުރެވޭ ބަދަލުތަކެއް ފެންނާނެ އެވެ.
ނަމަވެސް އައިފޯނު 12 އާ ގުޅޭ ގޮތުން އެޕަލް އިން މިހާތަނަށް މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައި ނުވާތީ އެއީ ކިހާ ތަފާތު ކަންތައްތަކެއް ހުންނާނެ ފޯނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ އައިފޯނަށް ލޯބިކުރާ މީހުން އުންމީދު ވެސް ނުކުރާ ކަހަލަ ބައެއް ކަންކަން އެޕަލް އިން ގެނެސްދޭނެ ކަމެވެ. މިރެޔަކީ އެޕަލްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ރެޔެވެ. 

އެގޮތުން ބަލާއިރު މިފަހަރު އައިފޯން ވެގެންދާނީ 2017 ވަނަ އަހަރު އައިފޯން އެކްސް ތަޢާރަފްކުރި ފަހުން އައިފޯންގެ ޑިޒައިނަށް އެންމެ ބޮޑު ބަދަލެއް ގެނެސް ދައްކާލާނެ ފަހަރަށެވެ. މިއީ އަނެއްކާ ވެސް އެޕަލްގެ އައިފޯން ސިރީޒްއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފަހަރު ކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން ބަލާއިރު މިފަހަރުގެ އައިފޯންގައި 5ޖީ ޓެކްނޮލޮޖީ ތާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 
މިއީ ކޮވިޑް 19 ގެ ފަހުން އެޕަލްއިން ބާއްވާ މިފަދަ ތިންވަނަ ބޮޑު އިވެންޓެވެ. އައިފޯންގެ އިތުރުން މިފަހަރުގެ އިވެންޓްގައި މުޅިން އަލަށް އޮވަރ އިޔަރ ހެޑްފޯނެއް އެެޕލްއިން ތާރަފްކުރާނެއެވެ. މި ޕްރޮޑަކްޓަށް އެޕަލްއިން ދީފައިވާ ނަމަކީ އެއަރޕޮޑްސް ސްޓޫޑިއޯއެވެ. ހަމައެހެންމެ ހޯމްޕޮޑް ސްޕީކަރުގެ އައު ވަރޝަނެއް ވެސް ނެރޭނެ ކަމަށް ބެލެވެއެވެ.