އިންސްޓަގްރާމްގައި ރީލްސް ޑައުންލޯޑް ކުރުން މިވަނީ މާބޮޑަށް ފަސޭހަވެފައެވެ. އާންމު އިންސްޓަގްރާމް ޔޫޒަރެއްގެ ރީލްސް ބަލާލުމަށްފަހު ކަމުދާނަމަ އަދި އެ ރީލްސް ޑައުންލޯޑް ކުރަން ބޭނުންވާނަމަ މިހާރު އެކަން ކުރެވޭނެ އެވެ. އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ މި ފީޗާ އިއުލާން ކުރީ އިންސްޓަގްރާމްގައި އޭނާގެ ބްރޯޑްކާސްޓް ޗެނަލްގައެވެ.

"މިހާރު ޕަބްލިކް އެކައުންޓްތަކުން އުފައްދާ ރީލްތައް ކެމެރާ ރޯލަށް ސޭވް ކުރެވޭނެ - ޑައުންލޯޑް ކުރާ ކޮންމެ ރީލެއްގައި ވެސް ކްރިއޭޓަރުގެ އިންސްޓަގްރާމް ހެންޑްލް އާއި އެކު ވޯޓާމާކެއް ހިމެނޭނެ،" މޮސެރީ ލިޔެފައިވެ އެވެ. މިއަހަރުގެ ކުރީކޮޅު މި ފީޗާ ފުރަތަމަ އެމެރިކާގައި ތައާރަފްކޮށް މިހާރު މުޅިދުނިޔޭގެ ކަންކޮޅުތަކަށް ލިބެން ހުންނާނެ އެވެ.

އިންސްޓަގްރާމް ރީލްސް ޑައުންލޯޑް ކުރާނެ ގޮތް

އިންސްޓަގްރާމް އެޕް ހުޅުވާލުމަށްފަހު ޑައުންލޯޑް ކުރަން ބޭނުންވާ ރީލްހުޅުވާށެވެ.
ރީލްގައިވާ 'ޝެއާ' އައިކޮން އަށް ފިތާލާށެވެ.
ފޯނުގައި ކޮންޓެންޓް ސޭވް ކުރުމަށް 'ޑައުންލޯޑް' ނަންގަވާށެވެ.

ނަމަވެސް ރީލްސް ޑައުންލޯޑް ކުރުމުގެ ގާބިލްކަން ޔޫޒަރަކަށް ކަނޑައަޅާ ބައެއް ޝަރުތުތަކާއި ގަވާއިދުތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް މޮސެރީ ވިދާޅުވީ ޕަބްލިކް އެކައުންޓްތަކުން މީހުންނަށް ރީލް ޑައުންލޯޑް ނުކުރެވޭގޮތަށް ހެދޭނެކަމަށެވެ.

ޕަބްލިކް ސެޓިންގްސް ގެއެހީއާއެކު 18 އަހަރުން ދަށުގެ އިންސްޓަގްރާމް ޔޫޒަރުންނަށް ރީލް ޑައުންލޯޑް ކުރުމަށް ޑިފޯލްޓް ސެޓިންގް ނިއްވާލާނެއެވެ. އެކަމަކު ކޮންމެ ވަގުތަކުވެސް އޮންކުރެވޭނެއެވެ. ޔޫޒަރެއްގެ ޕްރައިވެޓް އެކައުންޓުގައި ޕޯސްޓް ކުރާ ރީލްތައް ވެސް ޑައުންލޯޑްނުކުރެވޭގޮތް ހެދެއެވެ.