އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާ ޗެޓްބޮޓް ޗެޓްޖީޕީޓީ އާއި ޖީޕީޓީ-4 ގެ ފަހަތުގައި ހުރި ސިލިކަން ވެލީގެ ސީއީއޯ ސޭމް އޮލްޓްމަން ގެ  ޓެކް އިންޑަސްޓްރީއަށް ބޮޑު ލޮޅުންތަކެއް އައުމުގެ ސަބަބުން  ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އޭނާ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

މައިކްރޮސޮފްޓްގެ އެއްބާރުލުން އޮންނަ އޯޕަން އެއައި އިން ހުކުރު ދުވަހު ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން "ލީޑަޝިޕް ޓްރާންސިޝަން" އާ މެދު ނިންމީ އޮލްޓްމަންގެ ކުންފުނި ހިންގުމުގެ ގާބިލްކަމާ މެދު އިތުބާރު ގެއްލިގެން ކަމަށެވެ.

އެކުންފުނީގެ ބޯޑުން ނެރިފައިވާ ބަޔާނުގައި ވަނީ އޮލްޓްމަންގެ އެއްބާރުލުމަށް ޝުކުރުއަދާކޮށް ، ކުންފުންޏަށް އާލީޑަރެއް ބޭނުންވާކަމަށް ބުނެފައެވެ. އަދި ބަޔާނުގައި ހާމަ ކޮށްފައިވާނީ އޮލްޓްމަންގެ އިތުބާރުނެތްކަމަށެވެ.އޮލްޓްމަން ވަކިކުރި ސަބަބެއް އެ ކުންފުނިން ނުވަތަ އެ ކުންފުނީގެ ބޯޑުން ހާމަކޮށްފައެއް ނުވެ އެވެ.

90 ބިލިއަން ޑޮލަރުގެ ކުންފުނީގެ ލީޑް ކުރާނެ އިތުރު ދާއިމީ ބަދަލެއް ފެންނަންދެން ޗީފް ޓެކްނޮލޮޖީ އޮފިސަރ މީރާ މުރާތީ ވަނީ ވަގުތީ ސީއީއޯގެ މަޤާމަށް އައްޔަނު ކޮށްފައެވެ.

އޮލްޓްމަން ވަނީ  ނިމިދިޔަ ހަފްތާގައި ސެން ފްރެންސިސްކޯގައި ބޭއްވި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އެ ކުންފުނި ތަމްސީލުކޮށްފަ އެވެ.

އޮލްޓްމަންގެ ކުއްލިވުމުގެ ހަބަރާއިއެކު މުޅި ޓެކް އިންޑަސްޓްރީއަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.