މައިކްރޮސޮފްޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާ ޗެޓްބޮޓެއް އެކްސްބޮކްސް ޕްލެޓްފޯމަށް ގެނެސްފާނެ ކަމަށް ރިފޯޓްތަކުގައި ހާމަކޮށްފިއެވެ.
ޓެކް ޖަޔަންޓް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުންޏަށް ސަޕޯޓް ޓާސްކްތައް އޮޓޮމެޓިކް ކުރުމަށް އެހީތެރިވެދޭނެ ޓޫލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށެވެ. މިކަން ގުޅިފައިވަނީ އެކުންފުނީގެ އުފެއްދުންތަކުގައި އޭއައިގެ އިންޓަގްރޭޝަން އުފެއްދުމުގައި ފަހުގެ ކުރިއެރުންތަކާއެވެ. ފާހަގަކޮށްލެވޭ ކަމަކީ މައިކްރޮސޮފްޓުން ދާދި ފަހުން ފުރަތަމަ ފަހަރަށް ސަރފޭސް ޕްރޯ 10 އަދި ސަރފޭސް ލެޕްޓޮޕް 6 އާއެކު ތައާރަފްކުރި އޭއައި ޕީސީތަކުގައި ޓޫލްއަށް ފަސޭހައިން ވަދެވޭނެ ގޮތަށް ޑެޑިކޭޓެޑް ކޮޕައިލެޓް ކީއެއް ހިމަނާފައިވާކަމެވެ.
ދަ ވަރޖް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ވިންޑޯޒް އުފައްދާ ކުންފުނިން މިހާރު ދަނީ އެ ކުންފުނީގެ ގޭމިން ޕްލެޓްފޯމަށް އޭއައި ފީޗާސް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. ޑިވެލޮޕަރުންނާއި އަހުލުވެރި މަސްދަރުތަކާ ހަވާލާދީ ޕަބްލިކޭޝަނުން ބުނީ މިހާރު ޓެސްޓު ކުރާ އޭއައި ޗެޓްބޮޓަކީ ސަޕޯޓާ ގުޅުން ހުރި ސުވާލުތައް ޙައްލުކޮށް އެއަށް ޖަވާބު ދިނުމުގެ ގާބިލްކަން ހުރި ޗެޓްބޮޓެއް ކަމަށެވެ. އޭއައި މޮޑެލް ތަމްރީނު ކޮށްފައިވަނީ އެކްސްބޮކްސް ސަޕޯޓް ޑޮކިއުމަންޓްތަކުގެ މައްޗަށް ކަމަށް ބެލެވެ އެވެ. މިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ހައްލުކުރުމުގައި، އަދި ހާޑްވެއާ ނުވަތަ އެކައުންޓަށް ދިމާވާ މައްސަލަތަކުގައި ޔޫޒަރުންނަށް އެހީތެރިވެދިނުމުގެ އިތުރުން ގޭމް ރިފަންޑް ޕްރޮސެސް ވެސް ހައްލުކުރެވޭނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ޗެޓްބޮޓަށް ދީފައިވަނީ އެކްސްބޮކްސް ސަޕޯޓް ވާޗުއަލް އޭޖެންޓް ގެނަން ކަމަށާއި، މިވަގުތު، މިއީ ހަމައެކަނި ޕްރޮޓޯޓައިޕެކެވެ. ނަމަވެސް މިކަން ފުޅާ ޓެސްޓިން ޕޫލަކަށް ހުޅުވާލާނެ ކަމަށް ބުނާއިރު، ވަރަށް އަވަހަށް އާންމުންނަށް ތައާރަފް ކުރެވިދާނެ ކަމަށް ފާހަގަ ކުރެވެ އެވެ. މައިކްރޮސޮފްޓުން މިކަން ކަށަވަރުކޮށްދީފައިވަނީ ދަ ވަރޖް އަށް ދިން ބަޔާނެއްގައެވެ.
އެކްސްބޮކްސްގެ ގޭމިން އޭއައިގެ ޖެނެރަލް މެނޭޖަރު ހައިޔަން ޒާންގް ޕަބްލިކޭޝަނަށް ވިދާޅުވީ، “އަޅުގަނޑުމެން މި ޓެސްޓް ކުރަނީ އެކްސްބޮކްސް ސަޕޯޓް ވާޗުއަލް އޭޖެންޓެއް ކަމަށްވާ އެނިމޭޓެޑް ކެރެކްޓަރެއްގެ އެތެރޭގެ ޕްރޮޓޯޓައިޕް އެއް ކަމަށާއި މީގެ އެހީގައި އެކްސްބޮކްސް ސަޕޯޓްގެ މައުޟޫއުތައް އަޑު ނުވަތަ ލިޔުމުން ސުވާލު ކުރެވޭނެ ކަމަށެވެ. މި ޕްރޮޓޯޓައިޕްގެ ސަބަބުން ކުޅުންތެރިންނަށް އަޑު ބޭނުންކޮށްގެން ސަޕޯޓް މައުޟޫއުތަކުގައި އެހީތެރިކަން ހޯދުމަށް ފަސޭހަވެ އަވަސްވެ، މިހާރު ހުރި އެކްސްބޮކްސް ސަޕޯޓް ޕޭޖްތަކުން މައުލޫމާތު ނަގައިގެން މައުލޫމާތު ލިބޭނެ.”
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން