ޗައިނާގެ ދިރާސާވެރިޔާ ޗޫ ޖުންހާއޯ ވަނީ އޮޕްޓިކަލް ޓެކްނޮލޮޖީގެ އެހީގައި، ހެރީ ޕޮޓަރގައި ބޭނުންކުރާ އިންވިޒިބަލް ކްލޯކް ތައްޔާރުކޮށްފިއެވެ. އޭނާގެ އިޖާދުގެ ސަބަބުން މީހުންގެ ލޯމައްޗަށް ތަކެތި ފޮރިވާލެވެއެވެ.

މިއީ އަލި ދައުރުކުރުން ބަދަލުކޮށްދޭގޮތަށް ފަރުމާކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވެ، އޮޕްޓިކަލް އިންވިޒިބިލިޓީ ގެ އހީގައި ތައްޔާރުކޮށްފައިވާ ފަރުދާއެކެވެ. މުއުފެއްދުމުގެ ސަބަބުން  އެތައް އަމަލީ ބޭނުންތަކެއްގެ ދޮރުތައް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

މިޓެކްނޮލޮޖީގެ އެހީގައި މީހުންގެ ލޯތަކަށް ފޮރުވިފައި ހުންނަ ، ނުފެންނަ ކޮޓަރިތައް އުފެއްދުމުގެ ފުރުސަތު އޮތްކަމަށް ހާމަކުރެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތީ ފިޔަވަޅުތަކަށް އިންގިލާބެއް ގެނެސްދީ، ޑިސްކްރީޓް ސަރވޭލަންސް އާއި މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަށް ސިއްރު އޮޕަރޭޝަންތައް ހިންގޭނެ އެވެ.

މީގެ އިތުރުން މި ކުރިއެރުމަކީ އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންގެ ހިއަރިންގ އެއިޑް ފަދަ  ވަސީލަތްތަކުގެ ދާއިރާއަށް އިންގިލާބެއް ގެނައުމަށް ވައުދުތަކެއް ލިބިފައިވާ ކުރިއެރުމެކެވެ. އޮޕްޓިކަލް އިންވިޒިބިލިޓީ އެހީގައި، މި ޑިވައިސްތަކުން ފާހަގަކޮށްލެވޭ، ބޮޑެތި އިކުއިޕްމަންޓްތަކުގެ ބޭނުން ނުޖެހި، ޑިސްކްރިޓްލީ އޮޑިޓޯރީ އެކްސްޕީރިއަންސް އިތުރުކުރެވިދާނެއެވެ.

ޗޫ ޖުންހާއޯ ބިންގާ އަޅައިދިންމި ދިރާސާއަކީ  މީގެކުރިން ނުކުރެވޭނެ ކަމަށް ހީކުރެވުނު ކަންތައްތަކަށް އަލުން ވިސްނުމަށް ދައުވަތުދެވޭ އުފެއްދުމެކެވެ. އިންވިޒިބިލިތީއަކީ ހަމައެކަނި ފިލްމުތަކުން ދައްކުވައިދޭ ކަމެއް ނޫންކަމަށާއި މިކަން މިވަނީ ހަގީގަތަކަށް ވެފައެވެ.