އޮރެކަލް ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުގެ ކްލައުޑް ކޮމްޕިއުޓިން ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެންވީޑިއާ ޗިޕްތައް ގަތުމަށް "ބިލިއަން" ޑޮލަރު ހަރަދު ކުރަމުންދާ ކަމަށް އޮރެކަލްގެ ބާނީ އަދި ޗެއާމަން ލެރީ އެލިސަން ވިދާޅުވެއްޖެ އެވެ.
އޮރެކަލްގެ ކްލައުޑް ޑިވިޝަނުން ދަނީ އެމެޒޯން ވެބް ސާވިސަސް އާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ވާދަވެރިންނާ ދެކޮޅަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އޮރެކަލް އިން ވަނީ ޗެޓްޖީޕީޓީ އާއި އެއްގޮތް އޭއައި ސިސްޓަމްތައް އުފެއްދުމަށް ބޭނުންވާ ވަރުގެ ގިނަ އަދަދެއްގެ ޑޭޓާ ވަށައިގެން ޝަފްލް ކުރެވޭނެ ފަސްޓް ނެޓްވޯކްތައް ބިނާކުރުމަށް ފޯކަސްކޮށްފަ އެވެ.
އަދި އެ ޑޭޓާ ކްރަންޗް ކުރުމަށް ފަރުމާކޮށްފައިވާ ގިނަ އަދަދެއްގެ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ)ތައް ވެސް އޮރެކަލް އިން ގަންނަމުން އަންނަނީ އޭއައިގެ މަސައްކަތްތަކަށެވެ.
"މި އަހަރު އޮރެކަލް އިން ޖީޕީޔޫ އާއި ސީޕީޔޫ ގަންނާނީ ތިން ކުންފުންޏަކުން،" އެލިސަން ވިދާޅުވި އެވެ.
"އެންވީޑިއާ އިން އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ޖީޕީޔޫ ގަންނާނަން. އެމްޕީއާރު އާއި އޭއެމްޑީގެ ސީޕީޔޫތަކަށް އޭގެ ތިންގުނަ ޚަރަދު ކުރާނަން. އަދިވެސް ކޮންވެންޝަނަލް ކޮމްޕިއުޓަށް އިތުރު ފައިސާ ހޭދަކުރާނަން." އެލިސަން ވިދާޅުވިއެވެ.
އޮރެކަލް އިން މިދިޔަ މަހު ބުނީ ގޫގުލްގެ ކުރީގެ އިންޖިނިއަރުން އުފެއްދި އޭއައި ސްޓާޓްއަޕް ކޯހެއާ އާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެ ޑީލްގެ ދަށުން އޮރެކަލްގެ ޑޭޓާ ސެންޓަރުތަކުގެ ތެރޭގައި ހުންނަ 16،000 އެއްހާ އެންވީޑިއާ ޗިޕްސް އެކުލިވެގެންވާ ސުޕަކޮމްޕިއުޓަރުތަކުގައި ކޯހެއާގެ އޭއައި ސޮފްޓްވެއާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން ވެސް، ކޯރވީވް ފަދަ ކުންފުނިތަކުންކްލައުޑް ހާޑްވެއާ އެކުލެވިގެންވާ އޭއައި ކުންފުނިތަކުން އެންވީޑިއާ ޗިޕްތައް ހޯދުމަށް 200 މިލިއަން ޑޮލަރާ އެއްވަރުގެ ފަންޑިން ހޯދާފައިވާ ކަމަށް ވެސް ފަހުގެ ހަބަރުތައް ބުނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން