.އެޕަލްއިން އެ ކުންފުނީގެ އެއާޕޮޑްސްގެ ޑިޒައިންއަށް އާ ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ ހަބަރުތަކެއް ލިބޭ ކަމަށް، އެޕަލްގެ އުފެއްދުންތައް ދިރާސާ ކުރާ ފަރާތްތަކަކުން ބުނަން ފަށައިފި އެވެ.
އެންޓްރީ ލެވެލް އެއާޕޮޑްސް އަށް ގެންނަ މިބަދަލު ތަކަކީ އެއާޕޮޑްސް ނެރުނު ފަހުން މި އުފެއްދުމަށް 2019 ވަނަ އަހަރުގެ މާޗްގެ ފަހުން ގެންނަ ފުރަތަމަ ބަދަލެވެ.
މި ބަދަލު ތަކުގެ ތެރޭގައި އާ ޑިޒައިނެއް ގެނައުން ހިމެނެ އެވެ. ލީކް ވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ޑިޒައިން އެއާޕޮޑްސް ޕްރޯއާއި ވައްތަރުވާނެ އެވެ. އަޑުގެ ކޮލިޓީއާއި ފީޗާތަކަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސް މި އަހަރުގެ ފަހުކޮޅަށް އާ އެއާޕޮޑްސް ނެރެން ގަސްދު ކޮށްފައިވާ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އާ މޯޝަން ސެންސާތަކާއެކު 2022 ވަނަ އަހަރަށް އެއާޕޮޑްސް ޕްރޯ ވެސް ނެރޭނެ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފަ އެވެ. ކުރިން އާންމުވި މައުލޫމާތަށް ބަލާއިރު އެއާޕޮޑްސް އަދި އެއާޕޮޑްސް ޕްރޯގެ އާ މޮޑެލްތައް އެޕަލްއިން ނެރެން ނިންމާފައި އޮތީ މި އަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ވަނީ އާ މޮޑެލްތައް ނެރުން ފަސްކޮށްފަ އެވެ.
އެއާޕޮޑްސްއާ ގުޅޭ ޕްރޮޑަކްޓްއެއް އެންމެ ފަހުން ނެރުނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ. އެއީ އެއާޕޮޑްސް "މެކްސް" އެވެ. މިއީ އެޕަލްގެ ވަޔާލެސް "އޯވާ އިއާ" ހެޑްފޯނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން