ފަރިއަށް ފޮޅޭ މަލަކައްޓަކާ، އަހަރެންގެ ހިތް ދީފާނަމޭ

                އަރިހަށް އެމާ ގޮސްލަން މިހިތް، އަބަދައްޓަކާ އެދެމުން ދެއޭ

މަރިޔާދުކަން މިފުރާނަޔަށް، ހާސިލްވެއޭ ފެނުމުން އެމާ

               އަރިހަށް މިހިތް ލެނބެވޭ ގޮތެއް، އެމަލުން މަށަށް ދައްކައި ފިއޭ

މާބުރު ކޮކާލާ ބަޅިނދުވެސް، އެމަލަށް އައުން ނުރުހޭނަމޭ

               މާދުރު ހިސާބުން ފެނުނަކަސް، އަހަރެންގެ ހިތް ރުޅި އާދެއޭ

ކަދަރާތު ކެނޑިޔަސް އިޝްކުގާ، އެ ހިސާބު ގޯސްކޮށް ދެއްކިޔަސް

              ގަދަރޯޅި ވައިގައި ހެލިލިޔަސް، މޭގަނޑު ކަރައި ގަންނާނެއޭ

ވެހެމުން އެދާ ބޯ ވާރެއާ، ލިބެމުން އެދާ ސަނަސަނަ އަވިން

              ބެހެމުން އެދާ ހުރިހައި ކަމެއް، ހުއްޓެން މުޅިންހެން އެދެވެއޭ

ސޮނިވެއްޓި ކުޅުހިކި ދާންވިޔަސް، ގަދަހޫނުގައި ތެމި ފޯވިޔަސް

              ފޮނިކަން އެ ކަރުގަނޑުގާ އެވާ، ހޯދަން މަށަށް ހުރެވޭނެއޭ 

ގަރުނެއް ވިޔަސް ސަނަތުން މިތާ، އެމަލަށްޓަކާ ހުންނާނަމޭ

              މަރުވެން ހުހަށް ހުރެ ނިމުނަކަސް، އެމަލަށް މަގޭ ހިތް އެދެވެއޭ