ގަހެއް ހިޔަލެއް ރުކެއް ވިނައެއް، ނުވާތަނެކޭ މުޅިން ހުދު ހުދު

     ބަހެއް އަމުދުން ކިޔަން ވޭހޭ، އެތާ ފަސްގަނޑު މަތީ ތިބެމުން

ނަގާ ބިޔަ ރާޅުތައް ބިންދާ، ވަށާ ފަރުވެސް ހިމާޔަތުގާ

     މަގާމުގަ ތާ އަބަދު ލެއްވުން، މަގޭ މިދުއާ އަކީ އަމުދުން

އެވާ އަލި ސާފު މޫދާ ފަޅު، ފެނޭ ބިއްލޫރިހެން ލޮނުގަނޑު

     އެވާ ހުދު ފަސްމަތީ ބިސްވެސް، ދެޔޭ ތަރުތީބަކުން އަޅަމުން

މެކުނު ވާއްޔާ ރަކަލި ކޮރަކަލި، ދަޅިޔަ ކަޅުއޮށް ބުނޑޮޅި ލަނޑަޔާ

     ދެކުނު ފަޅުގާ ދުވޭ ބާރަށް، ދެކޮޅު ދެކޮޅަށް އުރަހަ ނަގަމުން

ކުރަނގި ކިރުދޫނި ގާދޫންޏާ، ވައްލަ ބޮޑުދޫނި ވެސް އުޅެއޭ

     އުރަފަށާ ހަމައަށް ފެނޭ، އުދުހި އެއުޅޭ ތަން ނިކަން

ފިނޮޅެއްގެ ޖާދޫގާޖެހެން، ނުނަގާނެޔޭ މިނެޓެއްވިޔަސް

     ފިނިކޮށް ހިތާމޭ ދާނެއޭ، ފަސްގަނޑު މަތީގާއި ބީހުމުން