އަދަބީބަސްތަކުގެ ތެރެއިން ލަނޑަޔާ ވާނީ ލަނޑައޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މިކަމުގައި ކަންވެސް އޮތް ގޮތް މެއެވެ.

އެގޮތުން މިބަހުގެ ބަހަވީ މާނައަށް ބަލައިލާނަމަ، ލަނޑައަކީ މޫދުގައި އުޅޭ މަހެކެވެ. މި ބާވަތުގެ މަސް މޫދުގެ ފަސްގަނޑު ކޮށްޓައިގެންނާއި މުރަކަ ހަފައިގެން ކައި އުޅެއެވެ. މީގެ މަސް އާންމުކޮށް އުޅޭނީ ގުރޫޕު ގުރޫޕަށެވެ. މި ބާވަތުގެ މަހެއް އެހެން ބާވަތެއްގެ މަހަކާއި އެކު ނުއެއް އުޅޭނެއެވެ. އެހެން ކަމުން ލަނޑާ އަބަދުވެސް ވާނީ ލަނޑަޔަކާއި އެކުގައެވެ.

މި ބަހުގެ ހަގީގީ މާނައަށް ބަލައިލާނަމަ، މި ބަހުގައި މި ބުނެވެނީ އެއް ކަހަލަ ނުވަތަ އެއް މިޒާޖެއްގެ ބަޔަކު ގުޅިގެން އުޅޭނީ ނުވަތަ އުޅެވޭނީ ހަމަ އެއްކަހަލަ މިޒާޖެއްގެ ބަޔަކާއެވެ.

މިސާލަކަށް ބުނާނަމަ ވިޔާނުދާ ކުއްޖަކު އޭނާގެ ރައްޓެހިންގެ ގޮތުގައި ހިޔާރު ކުރާނީ ނުވަތަ ކުރެވޭނީ ހަމަ ވިޔާނުދާ ކުދިންނެވެ. މިފަދަ ހާލަތްތަކުގައި އެ ކުއްޖަކާއި ދިމާލަށް ލަނޑަޔާ ވާނީ ލަނޑައޭ ބުނެ އުޅެއެވެ.