ދިވެހި އަދަބީ ބަސްތަކުގެ ތެރޭގައި ބޭނުން ކުރާ ވަރަަށް މާނަފުން ބަހެއް އޮވެއެވެ. އެއީ އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނޭ ބުނެ ކިޔާ އުޅޭ ބަހެކެވެ.
މިބަހުގެ ބަހަވީ މާނައަށް ބަލައިލާނަމަ މި ބަހުގައި މި ބުނެވެނީ ބަކައްޓެއްގެ ވާހަކައެވެ. ބަކަރި ގެންގުޅެނީ ވަށައިގެން ފުޅަށްޖަހާފައި ހުންނަ ކޮށްޓެއްގައެވެ. އެގޮތަށް ކޮށްޓެއްގައި ބަކަރިތައް ބަހައްޓާފައި ހުންނަ އިރު ކޮށި ތެރޭގައިވެސް ފުޅަށް ޖަހާ ބައިކޮށްފައި ހުންނަ ތަންތަން ހުރެއެވެ. އެފަދަ ގޮތަކަށް ހުންނަ ފުޅައްގަނޑެއް މަތިން ބަހައްޓެއް ފުއްމާލައިފި ނަމަ އެ ބަކައްޓެއް އެހެން ފުޅައް މަތިންވެސް ފުންމާނެއެވެ.
މި ބަހުގެ ހަގީގީ މާނައަށް ބަލައިލާނަމަ މި ބަހުގައި މި ބުނެވެނީ އިންސާނަކު އެއްފަހަރު ކޮށްފި ކުށެއް ދެވަނަ ފަހަރު އޭނާ އެކުށް ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެއެވެ. ހަމަ އެގޮތަށް އެއްފަހަރު ކުރި ތަޖުރިބާއެއް ދެވަނަ ފަހަރަށް ކުރަން ޖެހުމުން އެކަމާ ޖެހިލުންވެ ފަސްނުޖެހޭނެ ވާހަކައެވެ. އެއްފަހަރު ކޮށްފި ކަމެއް ދެވަނަ ފަހަރުވެސް އެކަން ކުރާނޭ ނުވަތަ ކުރުމުގެ ފުރުސަތު އެބައޮތޭ ބުނުމުގެ ގޮތުން މިހެން މިބަސް ބޭނުން ކޮށް އުޅެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން