ބޯކޮށް ވެހޭ އެ ވާރޭ، ގުގުރާ ވިދާ އެ ރޭ ރޭ

     ފޯކޮށްފިއޭ ހިތާ މޭ، ވައިރޯޅި ފިނި އެ ރޭ ރޭ

ބިޔަ ރާޅުތައް ނަގާއިރު، ފޮނު ކައްކަމުން ޖަހާއިރު

     ތިޔަ މަންޒިލަށް ދެވޭތޯ، ކުރި ދަތުރުތައް އެ ރޭ ރޭ

ފަރުމާނުގާ ނެތަސް ވަރު، ދަންމާނުގާ ހިފާފާ

     ފަރުވާ ވެގެން ހުރީމޭ، ނާމާންވެ ދިޔަ އެ ރޭ ރޭ

ދިޔަހިއްކުމަށް ވަތަށް އެރި، ދިޔަފައި ޖަހާ އުޅޭއިރު

     ބިޔަ ރާޅުތައް ނަގާ އިރު، ތެމުނޭ މަގޭ އެ ރޭ ރޭ

ހިތްވަރު ކުރީމެ ވިސްނާ، ލޮނު ބޮވުނު އެކި އެ ރޭ ރޭ

     ހިތްވަރު ކުރިން ކިތައް ރޭ، މަޅުތައް ގިރާލި ރޭ ރޭ

ކުރި ހިތްވަރުން އެ ރޭ ރޭ، މަންޒިލް މަށަށް ފެނިއްޖޭ

     ކުރި ދަތުރުތައް ނިމިއްޖޭ، ބިރުވެރި ކިތަންމެ ރޭ ރޭ