ފަތާ ސެލަޑާ ފެނާ ޖޫހާ، މަށަށް ހަމަ ގައިމު ނުދިރޭނޭ

    ބަތާ ރިހަޔާ އެކީ މޮޑެގެން، ސަޔާ އެކުގާ މަށަށް ކެވެނީ

ނެތޭހިތްވަރު ތިހެން ޑައިޓެއް، ކުރާނެ މަގޭގަޔަކު އަމުދުން

    ކެވޭ ގިނައިން ނިކަން ފެނުމުން، ބަތާ ގަރުދިޔަ މަށަށް ކެވެނީ

ނުކާން މަހުރީ ފިހުނު ފުއްތައް، ތެލުލި އެއްޗެއް ނުކާން އުޅުނީ

    ނުކާން ހުއްޓަސް ދަތޭ އެޅެނީ، ތެލުލި އެއްޗެހި މަށަށް ކެވެނީ

ނުބޯން ފުޅިއެއް ދަޅެއް ގަނެގެން، އަޒުމު ހިތުގައި ނިކަން ލައިގެން

    ނުބޯން އުޅުނަސް މަށަށް ގިނައިން، ދަޅާ ފުޅިޔާ ނިކަން ބޮވެނީ

ހަކުރު ފޮންޏާ ނުކާން ބުނުމުން، ނުކައި ވޭތޯ ވަރަށް މަބެލިން

    އަކުރު އެބަހުގެ ކިޔާނުނިމޭ، ހަކުރު ގުޅިއަށް ބަލައިލެވެނީ

ކިލޯ ދެކިލޯ ހިފާލިޔަކަސް، ކެއުން މަށަކަށް ނުހުއްޓޭނޭ

    ކިލޯ ކިރުމުން ކިތަންމެ ބަރަސް، ނުހުއްޓި މަށަށް އެހެން ކެވެނީ