ޒަމާން ދައްކާ މަގުން ހިނގެނީ، ހަޔާތަށް އަދު ލަގަން ދީގެން

    "ގަމާރުން" ހެން އެތިބަ ތިބެނީ، އުޅެން މިބިމުގައި ހަނދާންނެތިފާ

ޖެހޭ ވައިހުރި ދިމާލެއްގާ، ލެނބޭ މީހާ ވަޔާ އެކުގާ

    ޖެހޭ އޮއެވަރު ޖެހުނު ގޮތަކަށް، ދެމޭ މިހާ އެހެން ހުރެފާ

ކުރާ ހަނގުރާމަ ކަނޑި ބަޑިޔާ، ކުރަން އުނދަގޫ ޒަމާނެއްގާ

    ކުރާ ކަމަކީ ނަމުން ފިންޏޭ، ކިޔާ ހަނގުރާމަ ގަދަ ކޮށްފާ

ސިކުނޑި ދޮވުމާ މަކަރު ހެދުމާ، މުޅިން އޮޅުވާ ލުމާ އެކުގާ

    ފިކުރު ކުރުމާ ހިޔާލު ކުރުން، މުޅިން ބަންދުވެ ގައިދު ކޮށްފާ

ނިކަން ދުރުގާ ތިބެން އެކުރާ، ނުބައި އަޅުވެތި އަހުން އުހުުތުން

    މިކަން ކަމުގައި މުޅިން ޖެހިގެން، ހަޔާތް ހުސްކޮށް ތިބީ ލާފާ

ހަޔާތެއް އަދި ފަހުން ވާކަން، ހިސާބެއް އަދި ބަލާނޭކަން

    ހަޔާތް ނެތިގެން އުޅޭ އިރުގާ، މިނުން ކުޑަވެސް ހަނދާން ނުވެފާ