އެންމެން ދަނޭ އެންމެން ކައޭ، ފަރުވާ ކުރަން އެކި ބަލިތަކަށް

    އެންމެން ރުހޭ ފަރުވާ އެކޭ، އެކި ބަލިތަކަށް ޕެނަޑޯލަކީ

 

ލިއުމެއް ނެތަސް ޑަކްޓަރުގެ މީ، ބޭހެއް އިނގޭ އަމުދުން ލިބޭ

    ދިއުމުން އެތާ ޑަކްޓަރުގެ ވާ، ގިނައިން ދެވޭ ޕެނަޑޯލަކީ

 

ރިއްސާ ރިހުން އެކި ތަންތަނާ، ތަދުވާ ތަނާ އެތަނާ މިތަން

    ރިއްސުން ކަނޑަންވެސް ދޭނެޔޭ، ތަދު ކެނޑުވިއެއް ޕެނަޑޯލަކީ

 

ގަދަ ހުން ހުމާ ތަންޑާވުމާ، ފަރުވާ ކުރަން ޑަކްޓަރު ލިޔާ

    ގަދަ ހުންހުމަށް ދޭ ބޭހެކޭ، ހުން ފިލުވިއެއް ޕެނަޑޯލަކީ

 

އެކި ނަންނަމުން ނަންވެސް ކިޔާ، އުފަމޯލަކާ ކަބިމޯލަކާ

    އެކިނަންކިޔަސް "ޕެރަސެޓް" ކިޔަސް، "އޯލުން" ކިޔާ ޕެނަޑޯލަކީ

 

"މޮޅުވާން" އެކަނި ކެއުމަށް ވުރެއް، ދައްކާލުމުން ޑަކްޓަރަކު ދޭ

    މޮޅުވާނެއޭ ހަމަ ގައިމުވެސް، އިރުޝާދަކުން ޕެނަޑޯލަކީ

 

ވަންޏާ މިބޭހުން ގެއްލުމެއް، ކައިގެން ނުވާނޭ ބޭހެކޭ

    ވަންޏާ އެލާޖިކު އަމުދަކުން، ކައިގެން ނުވާ ޕެނަޑޯލަކީ