އެކުވެރި ކަމާ އަހުވަންތަކަން، އަހަރުން ތެރޭގައި ދެމިއޮތީ

    އެކުގާ އެކަކު އަނެކަކު މިތާ، ދެނެގެން ތިބީމާ އަސްލުގާ

 

އޮޅުވާލުމެއް މަކަރެއް ހިލާ، އަމުދުން ހެދުން ދޮގުތައް ނުވާ

    އޮޅުވާނެ އެކުވެރި ރައްޓެހިން، ރަހުމެއް ހުރިއްޔާ އަސްލުގާ

 

ޖެއްސުން ކުރަންވެސް އަދު ދަނޭ، ހީފާ ސަމާސާ ވެސް ކުރޭ

    ޖެއްސުން ކުރާހާ ބާރުގާ، ހިތްވަރު ދެއޭ ހުރެ އަސްލުގާ

 

ކަމަކަށް ޖެހޭ ހިނދު ލަސްނުކޮށް، ކައިރީގަ އަބަދު ތިބޭނެއޭ

    ކަމަކަށް ވުމަށް ދައްޗެއް ހިލާ، ނޭދޭނެއޭ ހަމަ އަސްލުގާ

 

ރަހުމަތްތެރިން އެކުވެރި އަހުން، ދަންނާނެއޭ ދެންނެވި މިބަސް

    ރަހުމާއި ހަމްދަރުދޭ ދިނުން، ހުއްޓާ ނުލާނޭ އަސްލުގާ

 

ރޫހަށް ދިރުން ދޭ ބައެކެތީ، އެކުވެރި މަގޭ ރަހުމަތް ތެރިން

    ނޫހަށް ވިޔަސް އަރުވަން އެދޭ، ނަންތަކެކެތީ ހަމަ އަސްލުގާ