ފަރިކަމެއް ހިނގުމުގާ، ހުރިކަމުން އެދުހުގާ

   އަރިވެފާ ބޯދެމުން، މަގު ހިނގާ ހޯދަމުން

 

ނަންބަރާ އެޑުރެހާ، ވަރުވަރުން ދަސްކުރިން

   ނަންކިޔާ ރާގުވެސް، އެކިގޮތަށް ދަސްކުރިން

 

ފަންނުގާ ހުނަރުގާ، ފާރަލުން ނެތްކަމުން

   ދަންވަރަށް ބުރުޖެހިން، ގޭދޮށުން އޮޅިމަތިން

 

ލަދުގަނޭ ނުކެރެޔޭ، އިސްނަގާ ބުނެލުމަށް

   ވަދު ދަމާހެން މަގޭ، މާދުރުން ގޯޅަމުން

 

މާބުރާ ބަޅިނދުތަށް، ދިންކަމުން ހަމަލަތަށް

   ގާބުރިން ބެހިލުމަށް، ހިތްމަގޭ ނުކުޅެދުން

 

ފިނޑިކަމެއް ހުރިކަމުން، ނާށިތެޔޮ ކާޅުވެސް

   ފިނޑިކަމުން ގެއްލުނީ، ވާނުވާ ނާންގަމުން

 

އުޅުމުގާ އިޝްކުގާ، ލޯބި ދިން ބޭވަފާ

   އުޅުމަކުން ނެތްމަށަށް، ކާމިޔާބެއް ކަމުން