ވަކިވެން ދިއުން މީ އޮތްކަމެއް، އެންމެންގެ މައްޗަށް ވާ ކަމެއް

      ވަކިވެން ދިއުން މީ ވޭނެކޭ، ރުއިމާއި ކެކުޅުން ބޮޑު ކަމެއް

 

ވަކިވާނެ ވަގުތާ ސާޢަތާ، ދެނެގެން ހުރީ ފަހެ ކާކުހޭ

     ވަކިވާނެކަން ދެނެގެން އަބަދު، ތައްޔާރުވުން މީ ވެސް ކަމެއް

 

ޢަމުރުގެ އިލާހީ އައިހިނދުން، ލަސްފަސް ވުމެއް މިކަމުގެ ނުވޭ

     މަރު ހިއްޕަވަން މަލަކަލްމައުތު، އަންނާނެ މީ ބިރުވެރި ކަމެއް

 

ހެޔޮ ނިމުމަކުން ނިމިގެން ދިއުން، އެންމެން ރުހޭނެ އަރާމެކޭ

     "ހެޔޮ ކޮންމެ ގޮތަކަށް" އުޅުމަކީ، ވޭނީ މަރެއް ލިބިދާ ކަމެއް

 

ކޮށްެއުޅުނު ގިނަ ހެޔޮ ޢަމަލުތައް، ނޫނި ނެތޭ ފައިދާ ކުރާ

     ކޮށްއުޅުނު ގިނަ ވިޔަފާރިތައް، ސަންދޯކުގާ މޮޅު ނެތް ކަމެއް

 

ނެތުމުގެ ތެރޭން ވީ ހައްދަވާ، ނެތުމުގެ ތެރަށް ވީ ގެންދަވާ

     ނެތުމުން ހިފާއްޓަން ބާރު މަރު، ވިސްނަންޖެހޭ މީ ބޮޑު ކަމެއް