ޒަމާން ދައްކާ މަގުން ފައްކާ، ހިންގަންޏާމުން ދެ ކަށް ބައްދާ

   ޒަމާނުގެ ރީތި ކަނބަލުންނާ، އެކީގާ ވާން އެދޭނަންޏާ

 

މިތާ އުޅުމެއް ރަނަގަޅު ގުޅުމެއް، ބިނާ ކުރަނީ އަޅޭ ކިހިނެއް؟

   ހިތާ އެކުގާ ނަފުސު ބަނދެގެން، ރުހޭހާ ގޮތް ހަދަން ވަންޏާ

 

ލިބޭތޯ ލޯބި ގޮއްޔެގެ ހިތް، ލިބޭނޭ ހޭ މިހެން އުޅިގެން

   ތިބޭ އަމުދުން އުޅުން ގުޅުމާ، ބަދަލުކޮށްގެން ލިބެން ވަންޏާ

 

އެއީ ލޯބީގެ ރަމްޒެއް ނޫން، އެއީ ލޯބީގެ ލަފުޒެއް ނޫން

   އެއީ އަނިޔާދިނުން ނޫނީ، ކަމެއް ނޫނޭ އެހެން ވަންޏާ

 

އެފަދަ ގުޅުމެއް ގަދަވެ ދޭހޭ، އެފަދަ އުޅުމެެއް ސަހަލު ވޭހޭ

   އެފަދަ އަނތްބެއް ރަނގަޅު ވޭހޭ، ބަދަލު އަހަރެން މުޅިން ވަންޏާ

 

އުޅުން ލޯބިން އެކީގާ ވުން، ވަނީ ނަފުސާ ހިތާ ރޫހުން

   އުޅުން ދެމިގެން ދަނީ އޭރުން، ރަނގަޅު ލޮތްބެއް ނިކަން ވަންޏާ