މެންދުރުގެ އަވިގަދަ ވަގުތުގާ، ވެއްޔަށް ދިއުން އޭ އާދައެއް

   ފެން ހިލި ގައިން ދާ ހިލުނަކަސް، ދިވެހިންގެ އާދައެކޭ އެއީ

 

ވައިރޯޅިފަށް ނުވިނަމަ އިނގޭ، ފަލިބާލަމުން ޖަމަހަމުން ދެޔޭ

    ގައިބާރު ހުރި ހިތްވަރުކުރާ، ބައެކޭ އިނގޭ ދިވެހިން އެއީ

 

ސައްތައިން ގުނާ ބަސްތާޖަހާ، އޮޑި ބަރުކުރޭ ވެލި އަރުވަމުން

    ފައްކާވެލާފައި ފަރިވެފާ، ކަނޑު ލޮނުގަނޑޭ ކަފަމުން އެއީ

 

ބުރުނާލިތަކުގެ ތެރޭން އަރާ، ޑެގުމަތި ލޮނުން ބަރު ކޮށްލައޭ

   ބުރުބުރު ޖަހާ ވެލި ދަތުރުތައް، އެތަކެއް ދުވަހުގާ ކޮށް އެއީ

 

ގެދޮރާ ގުދަން ފަދަ ތަންތަނާ، ބިންގާ އެޅުންފަދަ ކަންކަމާ

   ރާނާ އިމާރާތް ކުރުމަށާ، ޒީނަތުގެ ގޮތުގާ ވެސް އެއީ

 

ފިނޮޅާއި ފަޅު އެކި ރަށްރަށުން، ގަދަ ހޫނުގައި ވެލި ގެންނަމުން

   ފިނިވާނެ އިރަކަަށް މަޑު ނުކޮށް، ބުރަކޮށް އުޅުނު ބައެކޭ މިއީ