ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން މިސާލު ބަސްބަހަކީ ވަކި ކަންކަމާއި މަތިކޮށް، މިސާލު ބުނުމުގެ ގޮތުން ބުނެ އުޅޭ ބަސްބަހެވެ. އެގޮތުން ކޮނޑުހުރިއަތް ނޭގޭހާބޯކޮށޭ ބުނެ އުޅޭ ބަހަކީވެސް މިސާލު ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނަނީ އިންސާނާގެ ހަށިގަނޑުގައި ގުނަންތައް އުފެދިފާ ހުންނަ އިރު، ކޮނޑާއި ގުޅިގެން އުފެދިފާ ހުންނަ އިންސާނާގެ އަތް، ފާހަގަ ނުވާ ވާހަކައެވެ. ނުވަތަ ނުފެންނަ ވާހަަކައެވެ. ސަބަބަކީ ކޮންމެވެސް އެއްޗެއްގެ ނުވަތަ ފަރުދާއެއްގެ ބޯކަމުންނެވެ.

މި ބަހުގެ މިސާލީ މާނައަކީ ވާރޭ ވެހޭލެއް ބޯކަމުން ދުނިޔެމަތި އަނދިރިވެ ފުސްވެފައިވާ ވުމެވެ. ވާރޭ ވެހޭލެއް ބޯކަން ބަޔާންކޮށްދިނުމުގެ ގޮތުން ތިބާގެ ކޮނޑުގައި ހުރި، ތިބާގެ އަތް، ތިބާއަށްވެސް ނުފެންނަހާ ވާރޭ ބޯ ކަމަށް ބުނުމަށެވެ.

ވަރަށް ބޯކޮަށް ވެހޭހޭ އަހައިފިނަމަ، ވަރަށް ބޯކޮށް ވެހޭނަމަ، ކޮނޑުހުރިއަތް ނޭގޭހާ ބޯކޮށް ވެހެއޭ ބުނެވިދާނެއެވެ. ވާހަކަ ދެއްކުމާއި ލިޔުންތެރިކަމުގައި ބޭނުން ކުރަން މިއީ ރީތި ލަފުޒެކެވެ.