އަދަބު އެކުށަށް އެކީ ލިބުމުން، އެކުށް ކުރުމަށް ވެވޭ ޖެހިލުން

   އަދަބު އެގޮތަށް ދެވޭނެއްޏާ، ޖަމާއަތުގާ ވެވޭ ކުށް މަދު

 

އަދުލު އިންސާފުގާ މީހުން، އަބަދު ބައިތިއްބަވާ ދޭށޭ

   އަދުލު ވެރިކަން މިތާ ވަންޏާ، ހުވާ މިބުނީ ވެޔޭ ކުށް މަދު

 

ޝަރީއަތުގާ ނުފޫޒުން ދޭ، ހިޔާނާތް ތެރި ނަހަމަ ހުކުމާ

   ޖަރީވާނަމަ ޝަރީއަތްތައް، ވެގެން މިނިވަން ވެޔޭ ކުށް މަދު

 

ބޮޑުން ފޯރުވި ނުބައި އަތްތައް، ހުކުމްތަކުގައި ހިފާލަންޏާ

   ބޮޑުންނަށްވެސް ހިނގާނަމަތާ، އެ ގާނޫނުން ވެޔޭ ކުށް މަދު

 

ހަދާ ގާނޫނުގާ ހުރި ބާ، ތަކުން ނުކުމެން ފިލާ މުޖުރިމް

   ބަލާވެރިކަން އިތުރުވެ ދަނީ، ހަދާ ގާނޫނުގާ މޮޅު މަދު

 

ހަދަން ގާނޫނު ވެސް ތިބެނީ، ޝަރީއަތް ނޭނގި ދުރުމީހުން

   ހަދާ ގާނޫނު ހަމަ ނުޖެހޭ، އެތައް ނުކުތާ ތަކެއް ވޭ އަދު