ކޮފީއަކަށޭ މަގޭ ދިޔައީ، މަގޭ އެކުވެެރި ހުސޭނާ އެކު

   އޮފީހުން ނުކުމެގެން ދިޔައީ، ކަޅެއް މިލްކެއް ނިކަން ބޯލަން

 

ހޮޓާ ތެރެއަށް މިދީ ވަދެގެން، ތަނެއް ހުސްތޯ ބަލާލުމަށޭ

   ހޮޓާކަނުގާ ވަކިން ދުރުގާ، އޮތޭ ހުސްކޮށް ތަނެއް ހޯދަން

 

އެތާ އިނދެފާ ގޮވީ ސޭޓަށް، ބުނަން ދޭށޭ ކޮފީއެއް ބޯން

   އެތާ އެގޮތަށް މަގޭ ބުނުމުން، ހުސޭނު ކިޔޭ ނިކަން ގިނައިން

 

ނަމުން ދިޔައީ ކޮފީ ބޯށޭ، އެކަމު ދިން އޯޑަރެއް ގިނައިން

   ކަމުން ބަނޑުވެސް ފުރީ އޭނާ، ކޮފީ ބޮއުނީ ހިތުން ނަމަކުން

 

ގެނައި ބިލުގާ އަތެއް ނުމެލާ، މަޑުން ތުންފަތް ފުހެއް އިނދެފާ

   ގެނައި އެއްޗެހި ތަކޭ ހުސްކޮށް، ކެއީ އިނދެފާ ކޮފީ ކިޔަމުން

 

މިއީ އެކުވެރި ހުސޭނުގެ ގޮތް، ކޮފީ ބޯންގޮސް ބަނޑޭ ފުރަނީ

   މިއީ މަށަކަށް ކަމެއް އައު ނޫން، އެހެންވިޔަކަސް މަޖާ ކަމެކޭ